މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރި ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ.
އެމްއެންޑީއެފުން ކުރިން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި “މަގުމަތީ ހިނގާލުން” މިއަދު ހަވީރު މާލޭގައި ބޭއްވުމަށެވެ.
ނަމަވެސް ރޭ ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެހެންކަމުން މިއަދު ހަވީރު ބާއްވަން ތާވަލުކުރި ޝަރަފުގެ ހިނގާލުން ވަނީ ފަހުގެ ތާރީހަކަށް ފަސްކޮށްފައެވެ.



