Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރައްޔިތަކާއި ހަތަރު ކަޅި ހަމަނުކުރެވޭ ވަރުގެ ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ: ނާޒިމް

ad image

ގުޅުންހުރި ލިޔުންތައް

ހުރިހާ ކަމެއްވެސް ކުރަމުންގެންދަނީ ރައްޔިތުންނާ އެއް ހަމައެއްގައި ތިބެގެން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ހަތަރުކަޅި ހަމަނުކުރެވޭ ކަމެއް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ނާޒިމް ވަނީ ގައުމެއްގެ ކުރިމަގަށް އެންމެ މުހިންމުކަމަކީ، އެ ޤައުމެއްގެ އިގްތިސާދީ މިނިވަންކަމަށާއި، އަދި ގައުމުގެ އިސްލާހުގެ މަގަށް މަސައްކަތް ކުރުމުގައި، އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ރައީސް ތައްޔާރުކަން އެމަނިކުފާނު އެންމެ ފަހުން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގެން އެނިގެން ދިޔަކަމަށް ވިދާޅުވެފައެވެ.

އެގޮތުން މީގެ ކުރިން އެއްވެސް ވެރިކަމެއްގައި، އަތްލާން ނުކެރިފައި ތިބި އެތައް މައްސަލައެއް ބަލައި އެކަމުގެ އަޑި ހޯދަން ސަރުކާރުން ފަށާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު އާސަންދައިގެ އެކަނިވެސް 1.1 ބިލިއަން ރުފިޔާ ނުދައްކާ ހުރި ނާޒިމް ވިދާޅުވިއެވެ. އަދި އޭގެ ފަހުން މިވީ އަށް މަސްދުވަސް ތެރޭގައި 1.4 ބިލިއަން ރުފިޔާ ސަރުކާރުން އާސަންދަ ހިދުމަތްދޭ ފަރާތްތަކަށް ދައްކާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. 

އަދި ޕްރައިވެޓް ސެކްޓަރގެ ވަރަށް ގިނަ ކުންފުނިތަކަށް ސަރުކާރު ފަރާތުން ލިބެންވާ ފައިސާ ތަކެއްް ނުލިބި ހުރުމުގެ ސަބަބަކީ ކުރީ ސަރުކާރުން އެ ބިލްތައް ބަހައްޓާފައި ދިއުމުން ފައިސާ ނުދެއްކި ލަސްވުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދު މަޑުޖެހިފައި މިއޮތީ އޭގެ ސަބަބުން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން 1 ނޮވެންބަރުގައި ބަޖެޓް މަޖިލީހުން ބަޖެޓް ފާސް ކުރާއިރު، ރައްޔިތުންގެ ތެރެއިން އެކަން ކަމަށް ބޭނުންވާ މީހުންނަށް އެބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނިފައި އޮންނާނެ ކަމަށާއި، އަދި އެހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކަންކަން ތަރުތީބުވެގެން ދާނެކަން ޔަގީން ކުރައްވާނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.

ނާޒިމް ވަނީ މި ސަރުކާރުގެ ޕްލޭންތައް އެކުލަވާލައި، އަޅާ އެއްވެސް ފިޔަވަޅަކުން ރައްޔިތުންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ