Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޓޫރިޒަމް ޤާނޫނަށް ހުށައެޅި އިޞްލާހު ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޓޫރިޒަމް ބޭނުމަށް ނަގާފައިވާ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ނަގާފައިވާ މުއްދަތު އިތުރުކުރާނަމަ، ފައިސާ ދައްކަންޖެހޭ މުއްދަތު ހަ މަސް ދުވަހަށް އިތުރުކުރުކުރުމަށް ޓޫރިޒަމާ ބެހޭ ޤާނޫނަށް ހުށައެޅި އިޞްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ޓޫރިސްޓް ރިސޯޓުތައް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މުއްދަތު އިތުރުކުރަން ފީ ދެއްކުމުގެ މުއްދަތަށް ބަދަލުތަކެއް ގެންނަން ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރަޝީދެވެ.

މި ބިލުގެ ބޭނުމަކީ އިންވެސްޓަރުންނަށް ޓޫރިޒަމް ބޭނުމަށް ނަގާފައިވާ ރަށެއް ނުވަތަ ރިސޯޓެއް ކުއްޔަށް ނަގާފައިވާ މުއްދަތު އިތުރު ކުރުމަށް ފަހި ފުރުސަތެއް ދިނުމެވެ. އެގޮތުން މިހާރު ޤާނޫނު އޮތް ގޮތުން މިހާރު މުއްދަތު އިތުރު ކުރާނަމަ އިތުރު ކުރާ ކޮންމެ އަހަރަކަށް 200،000 ޑޮލަރު ދައްކައި، މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ނަމަވެސް މި ޤާނޫނަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ބިލު ފާސްކުރާތާ 6 މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމަށް އެދި ފައިސާ ދައްކަންޖެހެއެވެ. އަދި އެގޮތަށް އެ ފަރާތުން އެއްބަސްވާނަމަ ދައްކަން ޖެހޭނީ މިހާރު ދައްކާ މިންވަރުގެ ދެބައިކުޅަ އެއްބައެވެ. އެއީ އިތުރުވާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދެއްކުމާއި، ކުއްޔައްނެގި މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 5 މިލިއަން ޑޮލަރު ނެގުމެވެ.

ބިލްގެ ފުރަތަމަ ކިޔުން މިދިޔަ އަންގާރަ ދުވަހު އިއްވުމަށް ފަހު، ބިލްގެ އިބްތިދާއީ ބަހުސް ފެށީ މިއަދެވެ. އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ކަނޑައަޅާފައި ނެތް ނަމަވެސް، މިއަދަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރީ ވެސް ހަމައެކަނި އެ ބިލްގެ މަސައްކަތް ކުރިއަށް ގެންދާށެވެ.

އެ ބިލާ މެދު ގަޑިއެއްހާއިރު ވަންދެން މެމްބަރުން މިއަދު ބަހުސް ކުރެއްވި އެވެ. އެ މެމްބަރުން ވަނީ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މުހިންމު ކަމާއި ބިލްގެ މަސައްކަތް އަވަސް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މި ބިލުގެ ބަހުސްއަށް ފަހު، މަޖިލީހަށް ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި 75 މެންބަރުންގެ އިއްތިފާގުން ބިލު ވަނީ ބަލައިގަނެފައެވެ. އަދި ބިލު ފޮނުވީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ. މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައި އެ ބިލުގެ ދިރާސާ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން ފެއްޓެވިއެވެ. ކޮމެޓީގައި މެންބަރުން ވަނީ މި ބިލަށް ގެންނަން ޖެހޭ އިސްލާހުތަކެއް ނެތްކަން ފާހަގަކުރައްވާފައެވެ.

މިއާއެކު ފުނަދޫ ދައިރާގެ މެންބަރުން މުހައްމަދު މަމްދޫހު ވަނީ ބިލު އޮތްގޮތަށް ކޮމެޓީން ފާސްކުރުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމަށް ތާއިދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާޢުއެވެ. މި ހުށެހެޅުން މުޅި މަޖިލީހުގެ ކޮމެޓީން ފާސްވީ 76 މެންބަރުންގެ ވޯޓާއެކު އިއްތިފާގުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ