- Advertisement -ad image

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހަށް ހުށަހަޅާ މައްސަލަތައް ނުބަލާ: އިދިކޮޅު 

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން މަޖިލީހަށް ހުށަހަޅާ ކަންކަން ނުބަލާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ، ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި ކަމަށެވެ.

އަދި ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތަށް މި ގައުމުގައި ހުރި ނަމަވެސް މަސައްކަތެއް ނެތިގެން މަޖިލިލީހުގެ ޖަލްސާތައް އަވަހަށް ނިންމާލާތީ އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސަރުކާރުން މަޖިލިސް ހިސޯރުކޮށްގެން ވެރިކަން ކުރުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ރީތި ހަމަތަކާ ހިލާފު ކަމެއް ކަމަށާއި އެކަން ކުރަމުންދަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

ސަރުކާރުން ކޮންމެ ރޭވުމެއް ރޭވިއަސް އިދިކޮޅުފަރާތްތަކުން މެދުނުކެނޑި މަޖިލީހުގައި ރައްޔިތުންގެ އަޑު އުފުލާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައި އޮތުމުން ނަތީޖާ ނުނުރެވޭކަންވެސް އާދަމް ޝަރީފު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ