މި އަހަރު ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަންގެ ކިއޫގައި ޖެހިގެންތިބި އެންމެންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ އެމަނިކުފާނު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މި އިއުލާނަކީ ޒަމާންތަކަކަށްފަހު، އެއަހަރެއްގައި ކިއޫގައި ޖެހިފައިތިބި އެންމެންނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އަދި އަލަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށްފަހު ދިގު މުއްދަތަކަށް އިންތިޒާރުގައި ތިބި މީހުންނަށް އިސްކަންދޭން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ ނިންމާފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް އެދޭ މީހުންނަށް އެކަމުގެ މަގު ތަނަވަސްކޮށްދީ، ފެންވަރު ރަނގަޅު ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ އައު އުސޫލެއް އާންމުކޮށްފައެވެ. މި އުސޫލުގެ ދަށުން، ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ އަހަރެއްގެ ހައްޖު ކޯޓާއިން ވަކި އަދަދެއް ޚާއްސަކުރަން ޖެހެއެވެ.
މީގެއިތުރުން، 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްޙީ ހާލަތަށް ބަލައި، އެހީތެރިއަކު ގެންދަން ޖެހޭ މީހުންނަށް އެ ފުރުސަތު ދިނުމަށް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.




އަޅުގަނޑުމެންގެރައީސް ކިތަންހާވެސް. ރަގަޅު. އެކަމަކު ވަޒީފާގެ ނުފޫޒުން މިއަހަރުވެސް އެބަތިބި. 65. ވެސް ނުވާ އަދި. 2030. ހައް ޖާގަ ލިބިފަ ތިބި މީހުން. ފަހުކޯޓާޔަށް ތައްޔާރުވާން އަންގާފަ ދެރަކަން ތައް. ވަޒީރު ވެސް ރަގަޅު. އެކަމަކުވެސް މިފަދައިން ނުފޫޒުގަދަ މީހުންތިބީމާ ވަނީ މިހެން ދެރަ 😭😭😭💔💔💔
ރައީސްގެ މަސައްކަތްޕުޅަށް ހަމަ ސާބަސް ދެރައީ ވަޢުދުފުޅު އެކަމުގެ ވަގުތުގައި ނުފުއްދޭކަން. މިހާހިސާބަށް ކިތައް މުވައްޒަފުން ވަޒީފާއިން މުސްކުޅިވެ ހިނގައްޖެތޯ.؟ ކޮބައިތޯ އެމީހުންނަށްވީ ވަޢުދު. މަނިކުފާނުގެ ދައުރު ނިމެން މަހަކަށްވީމަ ގަރާރަކުން މިކަން އާންމުކުރުމުން މިހާރު މުސްކުޅިކޮށް ދޫކޮއްލަމުންދާ މުވައްޒަފުންގެ ހައްގު އަނބުރާ އިއާދަ ނުކުރާ ނަމަ އެއީ ބޮޑު ބޭއިންސާފެއް ނޫންތޯ.