Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގާނީ ކުއްޖާގެ މަސްލަޙަތަށް ރިޢާޔަތްކުރުމަށްފަހު, އިތުރު އެއްވެސް ގޮތެއް ނެތުމުން: އިފާދާ

ad image

ގުޅުންހުރި ލިޔުންތައް

ކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަން ދެނެގަނެވޭ ހިސާބުން އެޅޭ ފުރަތަމަ ފިޔަވަޅަކީ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްޖާ ހުރި މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމާއި، އަދި އެކުއްޖާ އިތުރު އަނިޔާއަކަށް ހުށަނޭޅޭނެކަން ކަށަވަރުކުރުން ކަމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ސީނިއަރ ލީގަލް ކައުންސިލާ އަލްއުސްތާޒާ ޢައިޝަތު އިފާދާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމާއި ފޯސްޓަރ ކުރުމާއި ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން، އިފާދާ ވިދާޅުވީ، ކުއްޖެއްގެ މައްސަލައެއް ރިޕޯޓު ކުރެވޭ ހިސާބުން އެކުއްޖާގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅުތަކުގެ ތެރޭގައި، ކުއްޖާ ހުރި މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާނަމަ، އެތަނަކުން އެކުއްޖާ ވަކިކޮށް އާއިލާގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަރާތަކާއި އެކުއްޖާ ހަވާލުރުވޭނެކަމަށެވެ.

އެހެންނަމަވެސް، އާއިލާގެ ތެރެއިން އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެއްވެސް ހާލަތެއް ނެތްނަމަ، މަސްލަހަތަށް ބެލުމަށްފަހު، ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖާ ގެންނާނެކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގާނީ އެންމެ ފަހު މަރުހަލާގައި ކުއްޖާގެ މަސްލަހަތަށް ބަލާ އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމުގައި ވެސް އިފާދާ ވަނީ ފާހަގަކުރައްވާފައެވެ،

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގާނީ ކޯޓުން ރައްކާތެރިކަމުގެ އަމުރެއް ހޯދުމަށްފަހުގައި ކަމަށާއި، ރައްކާތެރިކަމުގެ އަމުރަކަށް އެދި ހުށަހެޅުމުން އެ އަމުރުގެ ތެރެއިން މައިންބަފައިންގެ ހައްޤުތައް ބަދަލުވެގެން ދަނީ ދަޢުލަތުގެ ބެލުމުގެ ދަށަށް ކަމަށް ވެސް އިފާދާ ވަނީ ވިދާޅުވެފައެވެ.

އަދި ދައުލަތުގެ ބެލުމުގެ ދަށަށް އެކުއްޖާ ގެނައުމަށް ފަހު، އާއިލާއާއި ރީއިންޓަގްރޭޓް ކުރާކަމުގައިވަނީނަމަ އާއިލާއާއި އެއްކޮށް މަސައްކަތްކުރެވިގެން އާއިލާ ބާރުވެރިކުރުވައިގެން އާއިލާއަށް އެކުއްޖާ އަނބުރާ ދާނެ މަގެއް ހޯދައިދިނުމަށް ވެސް މަސައްކަތްކުރައްވާކަމަށް އިފާދާ ވަނީ އުތުރަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، އެކުއްޖާގެ އާއިލާއާއި ރީއިންޓެގްރޭޓް ނުކުރެވޭ ހާލަތްތަކުގައި ފޯސްޓަރިންގެ ނިޒާމުގެ ތެރެއިންވެސް އެކުއްޖާއަށް އާއިލީ ލޯތްބާއި އަޅާލުން ލިބޭނެ ފަދަ ވެއްޓަކަށް އެކުއްޖާ ގެންގޮސްދިނުންމަށް މަސައްކަތްކުރައްވާ ކަމުގައި އިފާދާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މި ވިޒާރާއަކީ ކޮން ވުޒާރާއެއްތޯ؟ ނޫސްވެރިން ލިޔުއްވާ ލިއުންތައް ވަރަށް ސާފުކޮށް އެނގޭގޮތަށް ލިޔަން އެބަ ޖެހޭ ނޫން ތޯ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ