2026 ވަނަ ދިރާސީ އަހަރަށް މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކުގެ ޕްރީ ސްކޫލާއި ގްރޭޑް އެކަކަށް ކުދިން ވެއްދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. އެގޮތުން މިނިސްޓްރީން ބުނީ އެލްކޭޖީ އާއި ޔޫކޭޖީ އަދި ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ޖުލައި 15 އިން އޮގަސްޓް 31 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީން މިދިޔަ އަހަރު ނެރުނު ސާކިއުލާގައިވާ ގޮތުން، ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. މިއީ ދިރާސީ އަހަރު އޮގަސްޓަށް ބަދަލުކުރުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ.
އަލަށް ފަށާ ދިރާސީ އަހަރަށް ކުދިން ވެއްދުމަށް ބޭނުންވާ ބެލެނިވެރިންނަށް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މިހާރު ހިނގަމުންދާ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައި ކަމަށާއި، އައު ދިރާސީ އަހަރު ފެށޭނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.



