ހުޅުމާލޭ ފަޅުތެރޭގައި އޮތް ތެޔޮބޯޓެއްގައި ރޯވެގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފު) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 13:00 ހާއިރުއެވެ. މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންގެ ފަޔަރފައިޓަރުންގެ ޓީމެއް ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
ދިގުމިނުގައި 40 ފޫޓު ހުރި މި ބޯޓުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ ރައްޔިތެއްގެ އަތާއި ފައި ފިހިގެން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ޕެޓްރޯލް ލޯންޗު ހަރަކާތްތެރިވެފައިވެއެވެ.



