ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއަށް ރަށްރަށުން ގިނަ ބަޔަކު މާލެ އަންނަން ފަށައިފިއެވެ.
ޕީއެންސީގެ ޖަލްސާ ބާއްވަނީ މިރޭ އާޓިފިޝަލް ބީޗުގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައެވެ. ޖަލްސާގައި ހަމައެކަނި ވާހަކަފުޅު ދައްކަވާ ގޮތަށް ވެސް ހަމަޖެހިފައި އޮތީ ރައީސް ޑރ. މުއިއްޒެވެ. މިއީ ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާއެވެ.
މި ޖަލްސާގައި ބައިވެރިވުމަށް ބުރާސްފަތި ދުވަހުން ފެށިގެން މީހުން އަންނަނީ މާލެ އަންނަމުންނެވެ. އޭގެ ތެރޭގައި އާބާދީ ބޮޑު ބޮޑެތި ސިޓީތައް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ އެކި ވަގުތުތަކުގައި ވެސް މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.


އެ ޖަލްސާއަށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެންސީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައްޔިތުން ޖަލްސާ އަށް ދާނީ ގައުމުގެ މިސްރާބު ރަނގަޅަށް ދާ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.



