Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޕާޓީން ވަކިކުރުމުން، ވޯޓަކަށް ނުގޮސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބާއްވަން ކޮމިޓީން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިކުރުމުން، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ފަހުކޮޅު ގާނޫނުއަސާސީއަށް ގެނައި ބަދަލު އެގޮތުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ. މި ނިންމުމުގެ ސަބަބުން، ޕާޓީއަކުން ވަކިކުރާ މެންބަރުންގެ ގޮނޑި ވަގުތުން ގެއްލޭނެއިރު، އެކަމުގައި އެ ދާއިރާގެ ރައްޔިތުންގެ ބަހެއް ނުވަތަ ވޯޓެއް ނެގުމުގެ ފުރުސަތު ނޯންނާނެ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަ ގަޑިއިރު ތެރޭ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު، މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ، އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީއަކުން އެ މެންބަރު ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނެ އެވެ. މި ބަދަލުގެ ސަބަބުން، ޕާޓީން ވަކިކުރާ ހާލަތުގައި ވަގުތުން ގޮނޑި ގެއްލުމުގެ ބަދަލުގައި އޭގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން އަނެއްކާވެސް އިސްލާހެއް ހުށަހެޅުއްވީ މިމަހުގެ 16 ގަ އެވެ. މި ބިލު ދިރާސާ ކުރަމުން ދިޔައީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ރޯލް ކޯލް ވޯޓު ނަގަން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ ބިލުން އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުން ފާސްވީ ޕީއެންސީގެ 50 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ އަށް މެންބަރުންނެވެ. އެ ހުށަހެޅުން ބިލުން އުނިކުރުމުން، ޕާޓީން މެންބަރު ވަކިކުރާ ހާލަތުގައި ވަގުތުން އެ މެންބަރުގެ ގޮނޑި ގެއްލޭނެ އެވެ. މިއީ މިހާރު ވެސް ގާނޫނުއަސާސީގައި އޮތް ގޮތެވެ.

ގޮނޑި ގެއްލުމާ ގުޅޭ އިސްލާހު ބިލުން އުނިކުރުމަށް ފަހު، މި ބިލުގައި ދެން ހިމެނެނީ އަތޮޅު ކައުންސިލް އުވާލުމުގެ އިސްލާހެވެ. ކޮމިޓީން ނިންމީ އަތޮޅު ކައުންސިލް އުވާލާ ގޮތަށް ބިލު ފާސް ކުރުމަށެވެ. އެގޮތުން 52 މެންބަރުންގެ ވޯޓާ އެކު ބިލު ކޮމިޓީން ފާސްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ. މި ބިލަށް ދެން ވޯޓަށް އަހާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ