4 އަހަރަށް ފަހު ދަރިވަރުންނަށް ޑިސެމްބަރު މަހު ބޮޑު ޗުއްޓީއެއް ލިބިއްޖެއެވެ.
ކޮވިޑަށް ފަހު މީގެ 4 އަހަރު ކުރިން ދިރާސީ އަހަރުގެ ކިޔެވުން ފެށީ، އަހަރުގެ މެދުތެރޭގައެވެ. އެއާއެކު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބުނީ، ޖޫން ޖުލައިގެ ގަދަ ދުވަސްވަރުގައެވެ. އަދި ގިނަ ބައެއްގެ އެދުމުގެ މަތިން މި ސަރުކަރުން ވަނީ ދަރިންވަރުންގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ލިބޭގޮތަށް އެކަޑެމިކް ކަލަންޑަރު ބަދަލުކޮށްފައެވެ.
އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ދެން ފެށޭނީ އަންނަ މަހު، 27ގައެވެ. ދަރިވަރުންގެ ކިޔެވުން އެ ދުވަހު ފެށުނު ކަމަށްވި ނަމަވެސް، އަންނަ މަހު 25އަށް ޓީޗަރުން ސުކޫލުތަކަށް ނުކުންނަން ޖެހެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިށާބުތަކުން ދައްކާގޮތުން މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84،000 އެއްހާ ދަރުވަރުން ވަނީ ކިޔަވާފައެވެ. އަދި އެ ކުދިންނަށް ކިޔަވައިދިނުމުގައި ދިވެހި 6،516 ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން މަސައްކަތް ކުރެ އެވެ.
ބޮޑު ބަންދަށް ފަހު އަންނަ ދިރާސީ އަހަރު ފަށާނީ އަންނަ މަހުގެ 27 ގަ އެވެ. އަންނަ އަހަރު ފުރަތަމަ ޓާމުގެ ފަށައި، މިޑް ބްރޭކް ލިބޭނީ މެއި 24 އިން 30 އަށެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓު 1 އަށެވެ.



