- Advertisement -ad image

އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަނީ!

ad image

ގުޅުންހުރި ލިޔުންތައް

ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް19ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ގިނަވަމުންދާ ކަން ފާހަގަ ކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ ހަފުތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 142 ކޭސް ވަނީ ރޢްޖެއިން ފެނިފައެވެ. މިއީ އޭގެ ކުރީ ހަފުތާ އާއި އަޅާ ބަލާއިރު 69 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

މިއާއެކު، ސާމްޕަލް ޕޮސިޓިވިޓީއާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ފާއިތުވި މޭމަހު ކޮވިޑް -19 ޖެހިގެން ރާއްޖޭގައި އެޑްމިޓްކޮށްފައިވަނީ މުޅިއަކު 15 މީހުންނެވެ.

އެހެންނަމަވެސް ޖޫންމަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެހެންކަމުން ކޮވިޑްގެ ހާލަތުން ރައްކާތެރިވުމަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް އެކަހެރިވެ ރައްކާތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. ކޮވިޑް ބަލީގައި ރާއްޖެއިން ވަނީ 299 މީހުން މިހާތަނަށް މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ