Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރާއްޖޭގެ 2040 ގެ ތަސައްވުރު ހާސިލުކުރުމުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސް ދަޢުވަތު ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހާސިލުކުރުމުގައި ބައިވެރިވުމަށް ޗައިނާގެ އިންވެސްޓަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. ރައީސް މި ދަޢުވަތު ދެއްވީ މާލޭގައި ކުރިއަށްދިޔަ “ޗައިނާ – މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް ޗައިނާއިން ރާއްޖެއަށް 440 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 124 މިލިއަން ޑޮލަރުގެ މުދަލަކީ މި އެއްބަސްވުމުގެ ދަށުން އެތެރެކުރެވުނު މުދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަހުގެ ބާވަތްތަކާއި ދިވެހި އުފެއްދުންތަކަށް ޗައިނާގެ މާކެޓުގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް، ދިވެހި ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާގެ ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ “މޯލްޑިވްސް 2.0” ތަސައްވުރުގެ ދަށުން ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އަލިޕޭ އަދި ވީޗެޓްޕޭ ފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން ފަތުރުވެރިންނަށް ފަސޭހަވެ، ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ ޖިއޮގްރަފީ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވިދާޅުވިއެވެ.

ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ހުޅުވި، ދެފުށް ފެންނަ ނިޒާމެއް ޤާއިމުވެ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ ތަސައްވުރު ހާސިލުކުރެވޭނީ އިޤްތިޞާދު ސިންދަފާތުކޮށް ގުޅިގެން މަސައްކަތް ކުރާނެ ބައިވެރިން ހޯދައިގެން ކަމަށެވެ. އެހެންކަމުން، ޗައިނާގެ ތަޖުރިބާއާއި އިނޮވޭޝަނާއެކު ރާއްޖޭގެ 2040 ގެ ތަސައްވުރުގައި ޙިއްޞާވުމަށް އިންވެސްޓަރުންނަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ