- Advertisement -ad image

ވާރޭވެހުމާއި އުދައަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބޭ!

ad image

ގުޅުންހުރި ލިޔުންތައް

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ދެ ދުވަހު ހުޅަނގާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އާއްމުވައިގަދަވެ، ވާރޭވެހުމާއި އުދައަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބުމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ އޢްމު ރައްޔިތުންގެ މުދަލާއި އިމާރާތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވޅު އެޅުމާއި މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެހުން އެދެވިގެންވާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ މިއަދުވެސް ވަނީ ބައެއް ރަށްތަކަށް އުދަ އަރާފައެވެ. މިއަދު ރާއްޖޭގެ އެކިހިސާބުތަކަށް މޫސުން ގޯސްވެ އުދަ އަރާފައިވާއިރު، މުޅި ރާއްޖެއިން 218 ގެއަކަށް އުދައިގެ އަސަރު ކޮށްފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. މިއަދު ހިނގި އުދަ އެރުމުގެ ހާދިސާގައި ރާއްޖޭގެ 7 އަތޮޅަކަށް އުދަ އަރާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ