މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ.
ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ގޮސްފައިވަނީ 453 މީހުންނެވެ. މި ހުރިހާ ހައްޖުވެރިންވެސް މިހާރުވަނީ މައްކާއަށް ގޮސްފައެވެ.
މިއަހަރު ހައްޖުވެރިން ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އެކަންޏެވެ. މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި އަށެއްވާ ހުކުރު ދުވަހެވެ.