ހ.ސަހަރާގެ ހުޅަނގުފަރާތުގައި ހުރި ގަހެއް މަގުމައްޗަށް ވެއްޓިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ މަޢުލޫމާތު އެފްއާރްއެސް އަށް ލިބިފައިވަނީ ރޭ 01:58 ހާއިރު ކަމަށެވެ.
މުލުން ލުހިގެން މި ގަސް ވެއްޓުމުގެ ސަބަބުން ސަހަރާގެ ޕާރކިން ޒޯން ޕޭވްމަންޓް މަތީގައި ބަހައްޓާފައިވާ ގިނަ އަދަދެއްގެ ވެހިކަލްތަކަކަށް ވަނީ ގެއްލުންލިބިފައެވެ.
މީގެ ތެރޭގައި ޓެކްސީ ކާރުގެ އިތުރުން ސައިކަލުވެސް ހިމެނެއެވެ.
މި ގަސަ ނަގާ އެތަން ސާފު ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާއިރު މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ގަސް ވެއްޓިޓިފައިވާ ކަން ފާހަގަކުރެވެއެވެ.