ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިެުޅުމަށް 74 ގޯތި ވިއްކުމަށް އެޗްޑީސީން އިއުލާންކޮށްފިއެވެ.
ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ، ބީޗު ފުރަންޓް އަތިރިމައްޗާ ކުރިމަތިން 24 ބިން ވިއްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ބިންތަކުގެ ބީލަން ފެށޭ އަގަކީ 6500 ރުފިޔާ ކަމަށް އެކޯޕަރޭޝަނުން ހާމަކުރެއެވެ.
މީގެ އިތުރުން ބީޗް ސައިޑް އަތިތިމައްޗާ ކައިރިން 44 ބިން ވިއްކާ އިރު ބީލަން ފެށޭ އަގަކީ 5500 ރުފިޔާއެވެ. ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްމިލިއަން ދިވެހި ރުފިޔާ ބަހައްޓަންޖެހެއެވެ.
އެގޮތުން ދިރިއުޅުމަށް ވިއްކަނީ 1095.05 އަކަފޫޓާއި 2588.14 އަކަފޫޓާ ދެމެދުގެ 74 ގޯއްޗެވެ.
އެޗްޑީސީން ވަނީ ފޯމް ވިއްކުމަށް 21 އޮގަސްޓުން ފެށިގެން 1 ސެޕްޓެމްބަރުގެ ނިޔަލަށް ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމަށް އެޗްޑީސީން ބުނެފައިވަނީ 11 ސެޕްޓެމްބަރު އަދި 12 ސެޕްޓެމްބަރުގައެވެ.