ހަލާކުވެފައިވާ މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އަމީނީ މަގު ރަސްމީކޮށް ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު އާއި ކުރީގެ މޭޔަރު މައިޒާން އަލިމަނިކުގެ އިތުރުން ހެންވޭރު ދެކުނު ދާއިރަަގެ މެންބަރު ހުސެއިން ޝަހީމްއެވެ.
އެ މަގު ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.



