ބަންގްލަދޭޝްގެ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި ދެ މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާ ވަނީ ބަންގްލަދޭޝްގެ އަލަމްގިރްއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ.
ނަމަވެސް ތަހްގީގުގައި ބަންދުގައި އޭނާ ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ދެ މަހާއި 28 ދުވަހުގެ ޖަލު ޙުކުމެކެވެ.
ދައުލަތުން އެދުނީ 07 މަހާއި 06 ދުވަހުގެ ޙުކުމަކަށް ކަމަށާއި, ނަމަވެސް ގާޒީއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ޙުކުމްކުރެއްވީ އަދަބުގެ ދެ ދަރަޖަ މަތިކޮށެވެ. އެހެންވެ އެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ފުލުހުސްމީހާ އަލަމްގިރި އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯ ވެސް ޢާންމުވިއެވެ.



