- Advertisement -ad image

އަގާހާން ޔުނިވަރސިޓީން ކިޔެވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލުން: އެއީ ކުފުރުގެ އަގީދާ ފަތުރާ ތަނެއް!

ad image

ގުޅުންހުރި ލިޔުންތައް


ލަންޑަނުގައި ހުންނަ އަގާހާން ޔުނިވަރސިޓީން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލުވުމުން ގިނަ ބަޔަކު އެކަމާއި ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވަނީ ‘މާސްޓަރ އޮފް އާރާޓްސް އިން މުސްލިމު ކަލްޗަރ’ އަށް އަގާހާން ޔުނިވަރސިޓީން ކިޔެވުމުގެ 5 ފުތުސަތު މިހާރު ހުޅުވާލާފައެވެ.
މިއީ މިދިޔަ އަހަރު އެ ޔުނިވަސިޓީއާއި ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ދޭ ސްކޮލަރޝިޕްތަކެކެވެ.


އެ މިނިސްޓްރީގެ މި އިއުލާނާ ގުޅޭގޮތުން ޝެއިހު އާދަމް ނިޝާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަގާހާން ޔުނިވަރސިޓީ އަކީ ޝީއީންގެ އިސްލާމީ ސެކްޓްއަށް ނިސްބަތްވާ ސީދާ ކުފުރުގެ އަގީދާ ފަތުރާ ތަނެއް ކަމަށެވެ.
އަދި އެ ޔުނިވަރސީޓީން ކިޔެވުމަކީ މުސްލިމަކަށް އެއްގޮތަކަށްވެސް ހުއްދަ ވާނެ ކަމެއް ނޫން ކަމަށް ޝެއިހު ނިޝާން ވިދާޅުވެފައިވެއެވެ.


އަގާ ޚާން އަކީ އިސްމާއިލީ ފިރުގާގެ އިމާމަށް އެމީހުން ދީފައި އޮންނަ ލަގަބެކެވެ. މިވަގުތު އިސްމާއިލީ ފިރުގާގެ އިމާމަކަށް ހުރީ ޝާހް ކަރީމް އަލް ހުސެއިނީ ނަމަކަށް ކިޔާ މީހެކެވެ. އަގާ ޚާންގެ ލަގަބަކީ މި އާއިލާގެ މީހުން އެކަކު އަނެކަކަށް ވާރުތަ ކުރަމުން އަންނަ ލަގަބެކެވެ.
އިސްމާއިލީން ގަބޫލުކުރާ ބައެއް ކަންކަމުގެ ތެރޭގައި،
ނަމާދު ކުރާކަށް ނުޖެހޭ
ރޯދަ ހިފުމާއި ހައްޖުވާކަން ނުޖެހޭ
ނަމާދުގެ ބަދަލުގައި ދުވާލަކު 3 ފަހަރު ކިޔާ ދުއާއެއް ކިޔުމުން ފުދޭ
ގުރުއާނުގެ ބަދަލުގައި އަގާހާން ދައްކާ ވާހަކަތައް ގަބޫލުކުރުން ހިމެނެއެވެ.


މިފަދަ ބާތިލު ފިކުރެއް ފަތުރާ ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލުމުން ބައެއް ފަރާތަކުން ސޯޝަލްމީޑިއާގައި ބުނެފައިވަނީ ސުއްނީ އަގީދާއިން ބޭރު ފިކުރު ކިޔަވައިދޭން ރާއްޖެއިން ބޭރަށް ފޮނުވުން ހުއްޓުވަންޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ