ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން މިމަހުގެ 12 އިން 15 އަަށް ހއ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާ ގޮތަަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމުން ބުނީ ރައީސްގެ މިދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމުން ބުނީ މިދަތުރުފުަލުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާ ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުން ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުން ކަމަށްވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީން ބުނެއެވެ.
ހއ. އަތޮޅަކީ ރައީސް ޔާމީންގެ ޒައާމަތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިވާ އަތޮޅެކެވެ. އެގޮތުން ހއ. އިހަވަންދޫގައި 14 ޕްރޮޖެކްޓް ، ކެލާގައި 16 ޕްރޮޖެކްޓް، ދިއްދޫގައި 27 ޕްރޮޖެކްޓް، ބާރަށުގައި 17 ޕްރޮޖެކްޓް، ތުރާކުނުގައި 15 ޕްރޮޖެކްޓް ހިންގާފައިވެއެވެ.
މީގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވާ އަދި މިސަރުކާރު ވެރިކަމަށް އައި އިރު ހިނގަމުންދާ ޕްރޮޖެކްޓްތަކެވެ.



