ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން ހއ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ.
އެގޮތުން ހއ ގެ ބައެއް ރަށްރަށަށް ކުރައްވާ މިދަތުރުފުޅުގައި ހަނިމާދޫގައި މަޑުކުރައްވާ ޕީޕީއެމްގެ ބައެއް އިސްބޭފުޅުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.
މިދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލަކީ ހއ އިހަވަންދޫއެވެ.
އިހަވަންދޫގައި މިރޭ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާ އެއް އޮންނާނެއެވެ.
ޕީޕީއެމުން ބުނީ ރައީސްގެ މިދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ.


ޕީޕީއެމުން ބުނީ މިދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާ ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުން ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުން ކަމަށްވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީން ބުނެއެވެ.



