- Advertisement -ad image

މުފްތީގެ މިދަތުރުފުޅުގެ ފަހު ދަރުސް، މިރޭ ހުޅުމާލޭގައި

ad image

ގުޅުންހުރި ލިޔުންތައް


މިހާރު ރާއްޖެވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކްގެ ފަހު ދަރުސް މިރޭ ހުޅުމާލޭގައި އޮންނާނެއެވެ.
މިރޭ 20:45 ގައި މިދަރުސް އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
މި ދަރުސްގެ މައުޟޫއަކީ ‘ އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް ‘ މިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސްތައް މިހާތަނަށް ވަނީ މާލެއާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ބާއްވާފައެވެ. މި ދަރުސްތަކަށް ގިނަބައެއްގެ ތަރުޙީބުވަނީ ލިބިފައެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތު ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ