ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮޕް-27 ގައި ލަންކާ ތަމުސީލު ކުރައްވަން ވަޑައިގެންނެވި ދަތުރުފުޅަށް ހަރަދު ނުކުރާ ކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ.
ލަންކާ ރައީސްގެ ޑައިރކްޓަރ އިންޓަރނޭޝަނަލް އެފެއަރޒް ދިނޫކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮންލައިން މީޑިއާތަކުން ނަޝީދުގެ ކޮޕް27 ދަތުރުފުޅަށް ހަރަދު ކުރަނީ ލަންކާ ސަރުކާރުން ކަމަށް ބުނިނަމަވެސް ނަޝީދުގެ މި ދަތުރުފުޅަށް ލަންކާ ސަރުކާރުން ފަންޑު ނުކުރާ ކަމަށެވެ.
އޭނާގެ ޓުވީޓްގައި ބުނެފައިވަނީ ނަޝީދަކީ ތިމާވެއްޓާއިބެހޭ ދާއިރާގައި، ރައީސް ރަނިލް ވިކްރަމަސިންހަގެ އެޑްވައިޒަރެއްކަމުގައެވެ.
ނަޝީދުގެ މިދަތުރުފުޅަަށް ހަރަދު ކުރައްވަނީ ލަންކާ ސަރުކާރުން ކަމަަށް ބުނެފައިވަނީ މަޖިލީހުގެ އިދާރާއިންނެވެ.
ކޮޕް27 ގައި ލަންކާ ތަމްސީލު ކުރައްވަން ނަޝީދު ވަޑައިގަތުމުން ވެސް ގިނަ ބަޔަކު އެކަމަށް ފާޑުކިޔައިފާވެއެވެ. މަޖިލީހުގެ އިދާރާއިން އެހެން ބުނެފައިވަނީވެސް ފާޑު ކިޔުންތައް އަމާޒުވުމާއި ގުޅިގެންނެވެ.