- Advertisement -ad image

މަސްވެރިންނަށް ލިބެންޖެހޭ 21 މިލިއަން ރުފިޔާ މިހާރުން މިހާރަށް ދިނުމަށް މެންބަރުން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ހޮރައިޒަން ފިޝަރީޒްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ވީހާވެސް އަވަހަށް ދިނުމަށް މަޖިލީހުގެ މެންބަރުން ގޮވާލައިފިއެވެ.
މަސްވެރިންނަށް ލިބެންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް، އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ މަޖިލީހަށް ވަނީ މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
މައްސަލައާމެދު މަޖިލީހުގައި ބަހުސް ކުރުމަށް މެމްބަރުންގެ ވޯޓަކަށް އެހުމާއެކު، ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ އަގުލަބިއްޔަތުން، އެ މައްސަލައާމެދު މަޖިލީހުގައި ބަހުސް ކުރުމަށް ވަނީ ފާސްވެފައެވެ.
މިމައްސަލައަށް ބަހުސް ކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ، މަސްވެރިންނަށް ލިބެންޖެހޭ ލާރިކޮޅު ހޯދަން އުޅުމުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް މަސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހުމަކީ ދިވެހި މަސްވެރި އާއިލާތަކުގެ ހައްގު ހޯދުމަށް ކޮށްފާނެ މަސައްކަތަކަށް ބިރުދެއްކުމަށް ސަރުކާރުން ހިންގި ފިނޑި އަމަލެއް ކަމަށެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ލާމުގެ މަސްވެރިންނަށް ލިބެންޖެހޭ ރުފިޔާ ހޯދަން އަޑުއުފުލުމުން ސަރުކާރުން ޖަވާބުދިނީ ޕެޕަރ ސްޕްރޭ ބޭނުންކޮށް މޫނަށް ޖަހައިގެން ކަމަށެވެ.

މިމައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ބޮންޑޭ ވިދާޅުވީ، ސަރުކާރުގެ ބައިވެރިޔާ ގާސިމް އިބްރާހިމް ވަނީ ބެންކް ކޮރަޕްޓްވެފައި ކަމަށެވެ. އަދި މަސްވެރިންނަށް ލިބެންޖެހޭ ރުފިޔާ ވަގުތުން ވަގުތަށް ދިނުމަށް އޭނާވެސް ގޮވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ