- Advertisement -ad image

މާފުށީ ޖަލުގައި 50ގޮޅީގެ ޔުނިޓެއް ހަދާނެ ބަޔަކު ހޯދުމަށް ހޯމް މިނިސްޓްރީން އިއުލާންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކ މާފުށީ ޖަލުގައި 50 ގޮޅީގެ އައު ޔުނިޓެއް ހަދައިދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން އިއުލާނުކޮށްފިއެވެ. އެގޮތުން އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ އަލަށް ހަދާ 50 ގޮޅީގެ ޔުނިޓްގެ ކޮންސެޕްޓް ޑިޒައިން ކުރުމާއި ޑީޓެއިލް ޑްރޯވިންގތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

މާފުށީ ޖަލަށް 50 ގޮޅީގެ ޔުނިޓް އިތުރުކުރުމުގެ، ޕްލޭން ތައްޔާރުކޮށް ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބީލަމުގައި ބައިވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީއަށް އީމެއިލްއިން އަންގަންޖެހެއެވެ. ބީލަން ހުޅުވުން އޮންނާނީ 24 އެޕްރީލްގައި ކަމަށް ހޯމް މިނިސްޓްރީން ހާމަކުރެއެވެ

ހުރިހާ ބާވަތެއް ކުށްކުރާ މީހުންނާއި ތަހުގީގީ މަރުހަލާގައި ތިބޭ މީހުން ބޭއްތިއްބުމަށްވެސް ރާއްޖޭގައި ހުންނަނީ 4 ޖަލެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭ ޖަލާއި، މާފުށީޖަލާއި، ހުޅުމާލޭގެ ޖަލުގެ އިތުރުން ހިންމަފުށީ ޖަލެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ