ނިމުނު ނޮވެމްބަރު މަހު މާލޭގައި 170 ކައިވެނި ކުރި އިރު، 119 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީވެސް ވަރީގެ މައްސަލަތަކެވެ.
ވަރީގެ 150 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓުން ނިންމާފައިވާއިރު، އެ ކޯޓަށް ހުށަހަޅާފައިވަނީ ވަރިކުރުމާ ގުޅޭ 157 މައްސަލައެވެ.
އެގޮތުން ވަރިވާން އެދި 61 މައްސަލަ ހުށަހެޅިއިރު، ވަރިކުރަން 26 މައްސަލަ އަދި ވަރި ސާބިތުކުރަން 70 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މިދިޔަ މަހު ހަރަދާ ގުޅޭ 12 މައްސަލަ އެ ކޯޓަށް ހުށަހެޅިއިރު އޭގެތެރެއިން ނިންމާފައިވަނީ ޖުމުލަ 12 މައްސަލައެވެ. އެގޮތުން ދަރިންގެ ހަރަދާ ގުޅޭ ހަތަރު މައްސަލައާއި ސާބިތު ހަރަދުގެ 4 މައްސަލަ ހިމެނެއެވެ.



