- Advertisement -ad image

ޑީއާރުޕީން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އީސީން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ޑީއާރުޕީން އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.
އީސީން މިގޮތަަަށް އަންގާފައިވަނީ އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން އެބަޔާނުގައި ބުނެފައިވަނީ (ސިޔާސީޕާޓީގެ ޤާނޫނު) ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ (ތިންހާސް) މެންބަރުން ހަމަކުރުމަށް، ދިވެހި ރައްޔިތުންގެ ޕާޓީއަށް އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 3 މަސް ދުވަހުގެ މުއްދަތު ދެވި އެމުއްދަތު 2022 އޮކްޓޯބަރ 25 އަށް ހަމަވިއިރު، 3000 މެންބަރުން އެ ޕާޓީއަށް ހަމަވެފައި ނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އަދި މި ނިންމުމާ ގުޅިގެން ކޮމިޝަނުންވަނީ އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ނުހިންގުމަށާއި، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ވަނީ ލިޔުމުން އަންގާފައި ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ