- Advertisement -ad image

ބާޒާރުގައި ކަރާ ތިޔާގިވެ އަގުތައް ދަށްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ބާޒާރުގައި ކަރާ ތިޔާގިވެ އަގުތައް ވަރަށް ދަށްވެއްޖެއެވެ. ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގުތައް ހުރީ 20 ރުފިޔާއަށެވެ.
އަދި ކުރިން 20 ރުފިޔާއަށް ލިބެން ހުރި އިންޑިއާ ކަރާގެ އަގު ވަނީ 15 ރުފިޔާއަށް ތިރިވެފައެވެ. ބާޒާރަށް ތޮއްޑޫއިން ގިނަ އަދަދަކަށް ކަރާ ގެނެސް ދަނީ ވިއްކަމުންނެވެ.

މިފަހަކަށް އައިސް ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް އެންމެ އަގު އުފުލޭ އެއް ބާވަތަކީ ދިވެހި މިރުހެވެ. އެގޮތުން މިއަހަރުވެސް މިރުހުގެ އަގު މިވަނީ އުފުލިފައެވެ. އެގޮތުން ބާޒާރުގައި މިރުސް ލިބެން ހުރީ 100ގ މިރުސް 70 ރުފިޔާއަށެވެ. އަދި މިރުސް ކިލޯއެއްގެ އަގުވަނީ 750 ރުފިޔާއަށް އުފުލިފައެވެ.

އަދި ބައެއް ގޮޅިތަކުން 680 ރުފިޔާއަށް މިރުސް ކިލޯއެއް ވިއްކަމުންދާކަން ފާހަގަކުރެވެއެވެ. މިރުހުގެ އަގު އުފުލިފައިވީނަމަވެސް މިރުހުގެ ޑިމާންޑު ބޮޑުކަން ތަކެތި ވިއްކާ ފަރާތްތަކުން ހާމަކުރެއެވެ.
މާރުކޭޓުގައި ތަފާތު އެކި ބާވަތްތަކުގެ ފަރުމަސްވެސް ލިބެންވެސް އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ