- Advertisement -ad image

މޫސުން ގޯސްވުމުގެ ސަބަބުން ދުބާއީ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް!

ad image

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަންތައް އިއްޔެ އެއްފަހަރާ 25 މިނެޓަށް ހުއްޓުނުކަމަށް އޭވިއޭޓަރސް މޯލްޑިވްސްއިން ބުނެފިއެވެ.

ޔޫއޭއީއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދުބާއީގައި ވަނީ ފެންބޮޑުވެފަ އެވެ. މީގެ ސަބަބުން އާންމު ދަތުރުފަތުރުތަކަށް ބުރު އެރުމާއި ގެތަކާއި ފިހާރަކަށް ފެންވަނުން ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. އޭގެތެރޭގައި މަޝްހޫރު ދުބާއީ މޯލުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.

އޭވިއޭޓަރސްއިން ބުނިގޮތުގައި ދުބާއީ އެއާޕޯޓުގެ އޮޕަރޭޝަންތައް މުޅިން ހަމައަކަށް އެޅުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

މިއަދު ދުބާއީ އިން 6 ފްލައިޓެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައުމަށް ވަނީ ހަމަޖެހިފައިވީ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެތަނުން ތިން ފްލައިޓެއްވަނީ ކެންސަލްކޮށްފައެވެ. އެއީ އެމިރޭޓްސް އީކޭ 656، އީކޭ 658 އަދި ފްލައިދުބާއީ އެފްޒެޑް 1207 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ