- Advertisement -ad image

ބީއެމްއެލްއަށް ރެކޯޑު ފައިދާއެއް، ހިއްސާއަކަށް 50 ރުފިޔާ ބަހަން ހުށަހަޅަނީ

ad image

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ރެކޯޑު ފައިދާ އާއި ގުޅިގެން، ހިއްސާއަކަށް 50ރ. ގެ މަހުން ބަހަން ބޭންކުގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.

މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10 ރުފިޔާ އިތުރު އަދަދެކެވެ. ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކުންފުންޏަށް ދެ ބިލިއަނުން މަތީގެ އަދަދެއްގެ ފައިދާ ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި ރެކޯޑު ނަތީޖާއަށް މިދިޔަ އަހަރު ހޯދިފައިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައި. މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،” ކާލް ސްޓުމްކަ ވިދާޅުވި އެވެ.

މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ޖުމްލަ 215 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ