- Advertisement -ad image

ޝާހު އާއި ބައްދަލުކުރަން ހުއްދަ ނުހޯދާ ގެއަށް ވަން ދެ ފޭނުން ބަންދުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ސުޕާސްޓަރ ޝާހުރުކްހާން އާއި ބައްދަލު ކުރުމަށް ހުއްދަ ނުހޯދާ އޭނާގެ މަންނާތަށް ވަން ދެ ފިރިހެނުން ބަންދުކޮށްފިއެވެ.
ޕްރައިވަސީ ބްރީޗަކީ ބޮޑު ކުށަކަށްވާއިރު ޝާހު ދަނީ ޕަތާން ފިލްމަަށް ލިބުނު ކާމިޔާބީ ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.
އަދި ދުނިޔޭގެ ކޮންމެ ކަންކޮޅަކުން ފިލްމަށް ލޯތްބާއި ތައުރީފު ލިބެމުންދާތީ ޝާހު ހުރީ އުފަލުންނެވެ.
އޭނާގެ ދެން އޮތް ފިލްމު ޑަންކީ އަށް ބުރަކޮށް މަސައްކަތްކޮށްގެން ސަޕޯޓަރުންގެ ލޯބި އަނބުރާ ހޯދުމަށް އޭނާ ފޯކަސް ކުރެ އެވެ.
އަދި އެ ހުރިހާ ލޯތްބާއި ސަޕޯޓްގެ ތެރޭގައި އިތުރު މޭލެއް ދުރަށް ދާ ބައެއް ސަޕޯޓަރުން ވެސް ތިބެ އެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ދާދި ފަހުން ޝާހްރުކްގެ ގެއަށް ދެ ސަޕޯޓަރުން ވަދެފައި ވެއެވެ.
މިކަމާ ގުޅިގެން ފިލްމީ ތަރިންގެ ޕްރައިވަސީ އާއި ދޭތެރޭ ކުރިއަށްވުރެ ބޮޑަށް ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މި ދެފިރިހެނުން ބޭރު ފާރުގެ މައްޗަށް އަރައިގެން ގޮސް ޝާހުގެ ގެއަށް ވަދެފައިވަނީ ދައުވަތެއް ނެތި ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ގާޑުން އަވަސް އަވަހަށް ގޮސް ވަނީ އެ ދެ ސަޕޯޓަރުން ހިފަހައްޓާފައެވެ. ރިޕޯޓުގައިވާ ގޮތުން ސުވާލުކުރުމަށްފަހު އެނގިފައިވާ ގޮތުގައި އެއީ އުމުރުން 20 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުން ކަމަށާއި އެމީހުން އެގެއަށް ވަނީ އެމީހުންގެ އައިޑަލް ޝާހު އާއި ބައްދަލުކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ