- Advertisement -ad image

އަލީ އަދި އާސިމްވެސް އުމްރާ ފުރިހަމަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. މި ދުވަސްވަރު އުމުރާގެ އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިއުމަކީ ވަރަށް ގިނަ ބަޔަކު ބޭނުންވާ އަދި ކުރާ ކަމެކެވެ. ހާއްސަގޮތެއްގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނުން މިފަދަ ދީނީ މުހިންމު އަޅުކަންތައް ފުރިހަމަ ކުރުމުން ގިނަ ބަޔަކު އެކަން ބަލައިގަނެ އެވާހަކަ ދައްކައެވެ.
އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ފަންނާނުންނަކީ އެމީހުންގެ ފޭން ބޭސް ބޮޑު އެމީހުން ކުރާ ކަންކަން ބަލައިގަންނަ ބޮޑު ކުރައުޑެއް އޮންނަ ބައެކެވެ.
މިއަހަރުގެ ރަމަޟާން މަހު އުމުރާއަށް ދިޔަ ބައެއް ފަންނާނުންގެ ތެރޭގައި އަލީ ގޯނީ އަދި އާސިމު ރިޔާޒުވެސް މިވަނީ ހިމެނިފައެވެ.
އަލީ އަކީ ޑުރާމާ ސިލްސިލާ ޔޭ ގޭ މޮހައްބަތެއިން އިން މީހުންގެ މަގުބޫލުކަން ހޯދި މުސްލިމު އާއިލާއެއްގެ މީހެކެވެ. އާސިމް ރިޔާޒު ގިނަ ބަޔަކަށް އެނގިގެންދިޔައީ ރިއަލިޓީ ޝޯ ބިގު ބޮސް އިންނެވެ.
މި ދެމީހުންވެސް ރޯދަ ހިފާއި އުމުރާގެ އަޅުކަން އަދާކުރުމަށް މިވަގުތު ތިބީ މައްކާގައެވެ.
މިމީހުންގެ އިތުރުން ބަތަލާ ހީނާ ހާންވެސް ހުރި އުމްރާގެ އަޅުކަން އަދާކުރުމަށް މިވަގުތު އާއިލާއާއެކު މައްކާގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ