- Advertisement -ad image

ސަނާ (ދެވަނަބައި)

ad image

ގުޅުންހުރި ލިޔުންތައް

ގުޅަމުން ދިޔައީ އޭނާގެ ހިތުގައި ރަސްކަންކުރަމުން އަންނަ ކުއްޖާއެވެ. އޭނާ ވާ ލޯބި ހުށައަޅަން ނުކެރެނީ ދެކެފާނެ ގޮތަކާ މެދު ވިސްނާފައެވެ. ‘ ތޯއިފް ‘ އެ ނަން ސްކްރީން އިން ފެނުމުން ސަނާގެ ހިތަށް ކުޑަ ވެސް ފިނިކަމެއް ލިބުނެވެ. ތޯއިފް އަކީ ސަނާ ބައްޕަ ބިޒްނަސް ޕާރޓްނާކަމަށްވާ ނަސީމް ގެ ހަގު ކުއްޖާއެވެ. އެހެންކަމުން ދެމީހުންނަކީ ވެސް ކުޑަ އިރުން ފެށިގެން އެކީގައި އުޅޭ ދެ ކުދިންނެވެ. މަތީ ތަޢުލީމް ޙާސިލްކުރުމަށް ޔޫކޭ އަށް ދިއުމަށްވެސް ހަމަޖެހިފައިވަނީ ދެމީހުން އެކީގައި ކަމުން ސަނާ ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. ސްކްރީންއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ސަނާ ފޯން ނެގިއެވެ. ” ހަ ” ” ހޭ އާ ޔޫ އޯކޭ؟ އައިމް ސޯ ސޮރީ އެބައުޓް ވަޓް ހެޕެންޑް ޓު ޔުއަ ފާދާ.. އެއްޗެއް ކައިފިންތަ؟ އައި ވިޝް އައި ވޯޒް ދެޔަރ ޓު ކޮމްފޯޓް ޔޫ . ވީކްއެއް ފަހުން ރަށަށް ދާން ޓިކެޓް ނަގައިފިން. ” ސަނާއަށް ހަލޯ އޭ ވެސް ނުބުނެވެނިސް ތޯއިފް ވާހަކަ ދައްކަން ފެށީއެވެ. ސަނާ އާ ދޭތެރޭ އެހާ ވިސްނާ ކަމަކަށް މީގެ ކުރިއަކުން ސަނާއަށް އެނގިފައެއް ނުވެއެވެ. ތޯއިފްގެ މި ވާހަކަތަކުން ސަނާ ކުރަމުން ދިޔަ ހިތާމައަށް ލުއެއް ލިބުންކަހަލައެވެ. އެންމެ އުފާވީ އޭނާ އާ ދޭތެރޭ އެހާ ވިސްނާކަން އެނގުމުންނެވެ. ” ހޭ.. އައިމް އޯކޭ ދެން.. ސީ ޔޫ ސޫން. ” ބުނާނެ އެއްޗެއް ނޭނގިގެން އިރުކޮޅަކު އިނުމަށްފަހު ސަނާ ޖަވާބު ދިނެވެ.
އިރުގެ ރަން ދޯދިތައް ކުޑަދޮރުގެ ލުއްވަތަކުން ފުރޭނިގެން އައިސް ސަނާގެ މޫނަށް އެޅިފައިވީ އިރު އެ މޫނުގެ ރީތިކަން އިތުރުވި ކަހަލައެވެ. މި މަންޒަރު ފެނިފައި ތޯއިފްގެ ހިތް އާދަޔާ ޙިލާފަށް ތެޅެލިއެވެ. ” ވާއު ” ހިތާ ހިތުން އޭނާއަށް ކިޔާލެވުނެވެ. ފްލައިޓް އިން ފޭބި ގޮތަށް ތޯއިފް އައީ ސަނާ ގެ ޙާލެއް ބަލަން އެގެޔަށެވެ. ސަނާއަށް ނޭނގުނު ކަމުގައި ވިއަސް ސަނާ އަކީ ތޯއިފް ގެ ހިތުގެ ރާނީއެވެ. ކުޑަ އިރުންފެށިގެން މިހާތަނާ ޖެހެންދެން ތޯއިފްގެ ހިތު ތެރޭގައި ފޮރުވައިގެން އުޅޭ ނަމަކީ ސަނާއެވެ. ސަނާއަށް މިއަދު ލިބިފައިވާ ހިތާމަ، އޭނާ ދެރަވާނެ ވަރު ވިސްނާލާފައި ދުރުގައި ކެތްނުވީއެވެ. އަބަދުވެސް ތޯއިފް ބޭނުންވަނީ ސަނާގެ ހިޔަނިހެން އޭނާގެ ކައިރީގައި ހުރުމަށެވެ. ސަނާ އަށް ކުރިމަތިވާ ކޮންމެ ހިތާމައަކީ އޭނާއަށް ވެސް ލިބޭ ހިތާމައެކެވެ. އެ ޖާދުވީ ދެ ލޮލުން ކަރުނަ އަންނަތަން ބަލަން ތޯއިފް އަކަށް ކެތެއް ނުވާނެއެވެ. އެއަށްވުރެން ސަނާ ދެކެ އޭނާ ލޯބިވެއެވެ. ނަމަވެސް ލޯބި ހުށައަޅަން ތޯއިފް އަށް ވެސް ނުކެރެނީއެވެ. ސަނާ އުމުރަށް ގެއްލުމަށް ވުރެން ރައްޓެއްސެއްގެ މަޤާމުގައި ހުންނަންވިއަސް އޭނާއަށް އެންމެ ރަނގަޅެވެ. ސަނާ ހޭލައްވާކަށް އޭނާ ބޭނުންނުވިއެވެ. ކުޑަދޮރުގެ ފޮތި ކަހާލަދީ، އިރުގެ ދޯދިތައް ސަނާ މޫނަށް އެޅިޔަ ނުދީ އިރުގެ ދޯދި ތަކުން އެ ރީތި މޫނު ސަލާމަތްކުރިފަދައެވެ. މަޑު މަޑުން ދޮރުލެއްޕުމަށްފަހު ތޯއިފް ހިނގައިގަތީ އޭނާގެ ގެއަށް ދިޔުމަށެވެ. ގަޑިން މިހާރު 10 ޖަހަނީއެވެ. ސަނާއަށް ކުއްލިއަކަށް ހޭލެވުނެވެ. ފޯން އިން ގަޑި ބަލައިލުމަށްފަހު އަވަސް އަވަހަށް ތެދުވެ ފާޙަނައަށް ވަނެވެ. ރީތި ވެގެން ގޭތެރެއަށް ނިކުން އިރު ޝަހީދާ ގެއަކު ނެތެވެ. އެހެންކަމުން އޭނާ ކޮބައިތޯ ބެލުމަށްޓަކައި ސަނާ ގުޅަންފެށިއެވެ. 3 ފަހަރު ގުޅުމުންވެސް ފޯން ނުނެގުމުން ސަނާ ބިރުގަންނަ ގޮތްވިއެވެ. އާއްމުކޮށް އޭނާގެ މަންމައަކީ ގެއިން ދާ މީހެއް ނޫނެވެ. ހެނދުނުގެ ނާސްތާ ހަދާފައިވެސް ސަނާއަށް ނުގޮވާތީ އޭނާ ޖެހިލުންވާން ފެށިއެވެ. އޭނާގެ މަންމަ ގޭގައި އުޅޭތޯ އަނެއްކާ ވެސް ބަލައިލަން ސަނާ ބޭނުންވިއެވެ. އެހެންކަމުން ފުރަތަމަ ވެސް މަންމަ އާއި ބައްޕަގެ ކޮޓަރި ބަލާ ފާޙަނަ ބަލާފައި ނިކުންނަން ދޮރާ ދިމާލަށް ހިނގައިގަތް ތަނުން ސަނާގެ ލޮލުގައި އަޅައިގަތީ ލޭ ހިކިފައި އޮތް ވޮލެޓެކެވެ. ވޮލެޓް އާ ދިމާލަށް ހިނގައިގަތް ތަނުން ގޭގެ ބޮޑު ދޮރު ހުޅުވުން އަޑު ސަނާއަށް އިވުނެވެ. އަވަސް އަވަހަށް ކޮޓަރިން ނިކުމެ ހަމަޖެހެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. މުޅި މީހާ ދާ ހިއްލާ ފޯވެއްޖެއެވެ. އަނެއްކާވެސް އޭނާގެ ހިތައް ޖަމާވަމުން ދިޔައީ ސުވާލަކަށް ފަހު ސުވާލެކެވެ. ޝަހީދާ ގޭތެރެއަށް ވަދެގެން އާއިރު ސަނާ ހުރީ ޓީވީ ކައިރި ފޯން އާ ކުޅޭކަމަށް ހެދިގެންނެވެ. އޭރު ސަނާގެ ހިތް ނެގި ނެގިފައިޖެހެއެވެ. ” އަނެއްކާ ބައްޕަގެ މަރާ މަންމައާ ގުޅުމެއްވޭ ބާ؟ އެކަމް މަންމަ ކިއްކުރަން… ” ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ސަނާ ބޭނުންވިއެވެ. މަންމަ ކުރިކަމުގައި ވިއަސް އެ ކުރީ ވަރަށް ބޮޑު ކުށެކޭ އޭނާ ހިތާ ހިތުން ކިޔާލެވުނެވެ. ސަނާ އާ ވާހަކަވެސް ނުދައްކާ ޝަހީދާ ގޮސް ވަނީ ކޮޓަރިއަށެވެ. ބައްޕަ ނިޔާވިތާ މާ ދުވަސްތަކެއް ނުވަނިސް މަންމަގެ އުޅުމަށް ބަދަލުތަކެއް އަންނަމުންދާކަން ސަނާއަށް ފެންނަން ފެށިއެވެ. ސަނާ އާ ވާހަކަ ދައްކަނީ ސަނާ ދެއްކިއްޔާއެވެ. ގިނަ ވަގުތު ފެންނަނީ ކޮންމެސް މީހަކާ ގުޅައިގެން އުޅޭތަނެވެ. ސަނާ އަށް ފެނުން މަންޒަރު ޔޫސުފް އަށް ކިޔައިދިނެވެ. ވަޖީދުގެ މަރު ތަހުޤީޤު ކުރަމުންދާތާ ހަފްތާއެއް ފަހުން އަލިކަމެއް ފެނުން ކަހަލައެވެ. އިތުރު ތަހުޤީޤު ކުރުމުގެ މަސައްކަތް ވަރަށް ސިއްރުން ފެށުނެވެ. ސަބަބަކީ ޤާތިލަށް ފިލުމުގެ ފުރުސަތު ނުދިނުމަށްޓަކައެވެ. ސަނާ ވެސް ގޭގައި އުޅޭ ވަގުތު މަދުކޮށްލިއެވެ. އެހެނީ ޔޫސުފް އަންގާފައިވަނީ ސަނާގެ އަމިއްލަ ރައްކާތެރިކަމަށްވެސް ސަމާލުކަން ދިނުމަށެވެ. ހެއްކަކާ ނުލާ އެއްވެސް މީހަކު ތަހުޤީޤުކުރުމަށްޓަކައި ނުގެންދެވޭނެތީ އެވަރުގެ ހެއްކެތް އަތުޖެހޭތޯ ޔޫސުފް އާ ސަނާ މަސައްކަތް ކުރަމުން ދިޔައެވެ.
އިރުއޮއްސެމުން ދިޔަ ވަގުތެކެވެ. އިރުގެ ދޯދިތައް މޫދަށް އެޅިފައިވީ އިރު އެ މަންޒަރު އެހާމެ ހިތްގައިމެވެ. ތޯއިފް ނިންމައިގެން ހުރީ މިރޭ އޭނާގެ ލޯބި ހުށައަޅާށެވެ. ސަނާ ބިޒީކޮށް އުޅޭ ދުވަސްކޮޅެއްކަމުން ތައްޔާރުވާން ގިނަ ވަގުތު އޭނާއަށް ލިބުނެވެ. ސަނާ އާ ދިމާވަނީ ގިނަފަހަރަށް 10 ވަރަކަށް މިނެޓަށެވެ. ސަނާ ނުފެނި ގިނަ އިރު އުޅެން ޖެހުމުން އޭނާގެ ހިތައް ތަދުވި ނަމަވެސް ޝަކުވައެއް ކުރާކަށް ނުކެރެއެވެ. ޝަކުވާ ކުރާނީ ވަކި ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެންމެފަހުން ކެތްނުވެގެން މިރޭ އޭނާ ވާ ލޯބި ހުށައަޅަން ނިންމީއެވެ. ސަނާ އާއި ޔޫސުފް ޝަހީދާ ގޭގައި ނޫޅޭ ވަގުތު ބަލާފައި އޭނާގެ ކޮޓަރި ފާސްކުރުމަށް އިތުރު ދެ ފުލުހުންނާއެކު ވަނެވެ. މުޅި ކޮޓަރި ބެލިއްޖެ ނަމަވެސް ސަނާއަށް އެދުވަހު ފެނުން ވޮލެޓްގެ ނިޝާނެއް ވެސް ނެތެވެ. އެންމެފަހު ކަބަޑު ބަލަނިކޮށް ސަނާއަށް ފެނުނީ އޭނާގެ ބައްޕަގެ ފޯންއެވެ. އަންގިލެއްވުމަށްފަހު ޔޫސުފް އެ ފޯން ނަގާ ޕްލާސްޓިކް ކޮތަޅެއްގެ ތެރެއަށް ލިއެވެ. ކޮޓަރި ކުރިއެކޭ އެއްގޮތަށް ރަމަތަކުރުމަށްފަހު ސަނާ މެން ނިކުތީ ޕޮލިސް ސްޓޭޝަންއަށް ދިއުމަށެވެ. ސަނާ ލޯބިވާ މަންމަގެ އަތެއް ލޯބިވާ ބައްޕަގެ މަރުގައިވާކަން ޔަޤީންވާންފެށުމުން ހިތުގައި ޖެހުނެވެ. އަދި ޝަހީދާ އެކަން އެގޮތަށް ކުރުމުގެ ސަބަބު އޮޅުންފިލުވަން ބޭނުންވިއެވެ. އެހާ ލޯބިން އެކީ އުޅެފައި މިވީ ކިހިނެއްބާއޭ ސަނާގެ ހިތަށް އަރަމުންދިޔައެވެ. ސްޓޭޝަންއަށް ނުދެވި އުޅެނިކޮށް ތޯއިފް ސަނާއަށް ގުޅިއެވެ. ” ހޭ ކެންޔޫ ގިވްމީ 5 މިނެޓްސް ؟ ” ތޯއިފް އެއްސެވެ. ތޯއިފް އަށް ވަކި ޖަވާބެއް ނުދީ އެބަ ގުޅަމޭ ކިޔާފައި ސަނާ ފޯން ކަނޑާލީ ހިތާ ދެކޮޅަށެވެ. ސަނާ ޖަވާބެއް ނުދީ ފޯން ކަނޑާލުމުން ތޯއިފް ދެރަވިއެވެ. ނަމަވެސް ބިޒީ ވީމައޭ ހިތާ ހިތް ހަމަޖައްސާލީއެވެ. ވަޖީދުގެ ފޯން ހުޅުވުނީ ވަރަށް ބުރަ މަސައްކަތުން ކަމުން ލަސްނުކޮށް އޭގައި އެއްވެސް އެއްޗެއް ހުރިތޯ ބެލުމަށް އަވަސްވެގަތެވެ. ކޯލް ހިސްޓްރީ ބެލި އިރު ކޯލް ހިސްޓްރީ ވަނީ ކްލިޔަރ ކޮށްފައެވެ. އިން އުއްމީދުވެސް ގެއްލުނު ކަހަކައެވެ. ނަމަވެސް އިތުރަށް ފޯން ބަލަމުންދަނިކޮށް ފެނުނީ ކޯލް ރިކޯޑިންގސްތަކެކެވެ. ސަނާ ކުއްލިއަކަށް ހަނދާންވީ އޭނާ ބައްޕަ ކޮންމެ ކޯލްއެއްވެސް ރިކޯޑް ކުރެވޭ ގޮތަށް ހަދާފައިވާކެމެވެ. ވަޖީދު މަރާލި ރޭގައި އެންމެފަހުން ރިކޯޑްވެފައިވާ ކޯލް ޕްލޭ ކޮށްލިއެވެ. ” ވަޖީދް ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފައި އެބައޮތް. ދިމާކޮއްލެވިދާނެތަ؟ ” އެކޮޅުން ވާހަކަ ދެއްކީ ނަސީމްއެވެ. ” ހާދަ ދަންގަނޑިއަކު؟ މާދަން ހެނދުނު ކިހިނެތްވާނީ؟ ” ވަޖީދު ނިދި ރާގަކަށް އެއްސެވެ. ” ނޫނޭ މީ މާދަން ހެނދުނަށް މަޑުކުރެވޭ ވަރު ވާހަކައެއް ނޫން” ނަސީމް ހަރުކަށި ރާގަކަށް ބުންޏެވެ. ” މައްސަލައެއް ނެތް މަ އެބަ ދަން ކެފޭއަށް މަށަށް ދީ 5 ވަރަކަށް މިނެޓް އެއްޗިސް ބަދަލުކޮށްލަން.” ވަޖީދު ނަސީމް އާ ބައްދަލުކުރަން ދާން އެއްބަސްވިއެވެ. ” މަ މިހިރީ ރަށުގެ ފުއްޓަރު ފަރާތުގައި. މިތަނަށް ޖައްސާލާ ވަރަށް ރީތި ވައިވެސް އެބަޖެހޭ”.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ