ބޮލީވުޑްގެ އެކްޓަރ ސައިފް އަލީ ޚާންގެ ސިއްރު އިންސްޓަގްރާމް އެކައުންޓެއް އޮތް ކަމަށް ބުނެފިއެވެ.
ހިންދުސްތާން ޓައިމަށް ދިން އިންޓަވިއުގައި ސައިފް އަލީ ޚާން ބުނީ އިންސްޓަގްރާމް އަބަދު ބެލުމަކީ އޭނާ ކުރާ ހިތްވާކަމެއް ނޫންކަމަށެވެ. ނަމަވެސް ޕްރޮފައިލް ޑިލީޓް ކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނީ ފޯނުގައި އިންސްޓަގްރާމް އެޕްލިކޭޝަނާއި ސިއްރު އެކައުންޓެއް އަދިވެސް އެބަހުރި ކަމަށެވެ. އަދި ބައެއް ފަހަރު ބަލާލި ނަމަވެސް އޭގެން މާބޮޑު ހިތްހަމަޖެހުމެއް ނުލިބޭކަމަށް ސައިފް ވަނީ ބުނެފައެވެ.
“ބްރައުޒްކުރާ ކޮންމެ ފަހަރަކު ޑިލީޓް ކޮށްލާނެ ކަމަށް ވައުދުވަން، އެކަމުވެސް ޑިލީޓް ނުކޮށް ނިންމާލެވެނީ” ސައިފް ބުނެފައިވެއެވެ.
ސައިފް އަލީ ޚާން ބުނީ ސޯޝަލް މީޑިއާގެ ސްޕޮޓްލައިޓާ ރައްކާތެރި ދުރުމިން ބަހައްޓަން އިޚްތިޔާރު ކުރަނީ ފޮޓޯއެއް ނުވަތަ އޭނާއާ ބެހޭ ޕޯސްޓްތައް ހިއްސާކުރަން ބޭނުން ނުވާތީ ކަމަށެވެ.
އަދި އެހެން މީހުންގެ ވާހަކަތައް ޕޯސްޓު ކުރަން ޖެހޭ ހާލަތެއްގައި ތާށިވާކަށް ބޭނުމެއް ނޫންކަމަށާޢި، ހަގީގަތުގައި ވެސް އެއްވެސް މީހަކު ކަމެއް ޕްރޮމޯޓް ކުރަން ބުނަން ޝައުގުވެރިނުވަނީ އޭނާ ސޯޝަލް މީޑިއާގައި ނެތްކަން އެމީހުންނަށް އެނގޭތީ ކަމަށް ސައިފްވަނީ ބުނެފައެވެ.