Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޤަވާއިދުން އަންހެނުން، ހަދަންވީ ކޮން ކަހަލަ ހެލްތު ސްކްރީނިން ތަކެއް؟

ad image

ގުޅުންހުރި ލިޔުންތައް

ބެލެންސްޑް ޑައިޓެއް ގެންގުޅުމާއި ގަވާއިދުން ކަސްރަތު ކުރުން އަދި ސްޓްރެސް މެނޭޖް ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައު ހުރުމަށް ވަރަށް މުހިއްމު ކަންތައްތަކެކެވެ. ނަމަވެސް ހަމައެކަނި އެ ފިޔަވަޅުތައް ނުފުދެ އެވެ. އެގޮތުން ކުރާ އާދައިގެ ހެލްތް ސްކްރީނިން އަކީވެސް ބަލިތަކާއި ކަންބޮޑުވާ ސިއްހީ ހާލަތްތައް އާންމުގޮތެއްގައި އެންމެ އަވަހަށް ދެނެގަނެވި ފަރުވާދެވޭނެ އެއް ގޮތެވެ.

ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 35 އަހަރުން މަތީގެ\ބޮޑެތި މީހުންގެ ތެރެއިން ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ ހުރިހާ ހިދުމަތެއް ލިބެނީ އެންމެ 8 އިންސައްތަ މީހުންނަށެވެ.

އޭގެތެރެއިން އަންހެނުން ހާއްސަކޮށް ހަދަންވީ ކޮން ހެލްތް ސްކްރީނިންތަކެއްތޯ، ކީއްވެތޯ އަދި ކިހާ ގިނައިންތޯ އެނގުން މުހިއްމެވެ.

އަންހެނުންގެ ހެލްތް ސްކްރީން ކުރުމާއި ޓެސްޓްތައް

އަންހެނެއްގެ އުމުރާއި ދިރިއުޅުމުގެ މަރުހަލާއަށް ބެލުމަށްފަހު، ބައެއް ހެލްތް ސްކްރީނިންތަކާއި ޓެސްޓުތައް ހެދުމަށް އިރުޝާދު ދެނީ އެކި ކަހަލަ ސިއްހީ ހާލަތްތައް ބައެއް ކަންކމުގެ އަލާމާތްތައް ހަށިގަނޑުން ފެންނަން ފެށުމުންނެވެ. ޓެސްޓްތައް ހަދަންވީ ކޮން އިރަކުތޯ އަދި ކޮން އިރަކުތޯ އާންމު ގައިޑްލައިންތަކެއް ކަނޑައެޅިފައި ވީ ނަމަވެސް، ތިމާގެ އަމިއްލަ އަދި އާއިލީ މެޑިކަލް ހިސްޓްރީއަށް ރިއާޔަތްކޮށް އާންމުކޮށް ލަފާދޭ މިންވަރަށް ވުރެ އަވަހަށް ނުވަތަ ގިނަ ފަހަރަށް ސްކްރީން ކުރަން ޖެހިދާނެ އެވެ.

ބްލަޑް ޕްރެޝަރު ޓެސްޓް
ލޭގެ ޕްރެޝަރު މަތިވުން (ހައިޕަރޓެންޝަން) ގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމާއި ޑިމެންޝިއާ އާއި ކިޑްނީގެ މައްސަލަތަކާއި ލޮލުގެ ފެނުމުގެ މައްސަލަތަކާއި ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެއެވެ. އެއަށް “ސައިލެންޓް ކިލަރ” ގެ ނަމުން ނަންދެވިފައި ވަނީ އާންމުގޮތެއްގައި ކަމެއް ގޯސްވެއްޖެކަމުގެ އިޝާރާތެއް ދޭ އެއްވެސް އަލާމާތެއް ނުފެންނާތީއެވެ.

އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހެއްގެ ލޭގެ ޕްރެޝަރު ދެނެގަންނަން ޖެހޭނެއެވެ. ލޭގެ ޕްރެޝަރު 120/80 އެމްއެމްއެޗްޖީ އަށް ވުރެ ދަށް ނަމަ، އުމުރުން 20 އަހަރުން ފެށިގެން މަދުވެގެން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ޗެކް ކުރުމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ލަފާދޭއިރު، އެމެރިކާގެ ޕްރިވެންޓިވް ސާވިސަސް ޓާސްކް ފޯސް (ޔޫއެސްޕީއެސްޓީއެފް) އިން ލަފާ ދެނީ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ލޯ ރިސްކް މީހުންނަށް ކޮންމެ ތިން އަހަރާއި ފަސް އަހަރަކުން ސްކްރީން ކުރުމަށެވެ.

ލިޕިޑް ޕެނަލް

ހަށިގަނޑުގެ ހުރިހާ ސެލްތަކެއްގައި ހިމެނޭ ވެކްސީ ފަދަ މާއްދާއެއް ކަމަށްވާ ކޮލެސްޓްރޯލް މާ ގިނައިން ހުންނަނަމަ، ލޭގައި ހިމެނޭ އެހެން މާއްދާތަކާ އެކު ޕްލޭކް އުފެދި، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. ހައިޕަޓެންޝަން ފަދައިން ހައި ކޮލެސްޓްރޯލްގައި ވެސް އާންމުގޮތެއްގައި އެއްވެސް އަލާމާތެއް ނުފެނެ އެވެ.

އުމުރުން 17 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާން އުމުރުގެ މީހުންގެ ކޮލެސްޓްރޯލް ޗެކް ކުރަން ޖެހޭއިރު، ގިނަ ތަޖުރިބާކާރުން އެއްބަސްވަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޓެސްޓު ހެދުމަށެވެ. އެހެންނަމަވެސް، އާދަޔާ ޚިލާފަށް ލިޕިޑް ލެވެލް ހުންނަ މީހުންނާއި، ބައެއް ބޭސްބޭނުންކުރާ މީހުންނާއި، ހައި ރިސްކް މީހުން- އޭގެ ތެރޭގައި އާންމުގޮތެއްގައި ހަކުރު ބަލީގެ މީހުންނާއި، ހިތުގެ ބަލިތަކުގެ ޢާއިލީ ތާރީޚެއް އޮތް މީހުންނާއި، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި، ހައިޕަރޓެންޝަން ހުންނަ މީހުންނާއި، ހަށިގަނޑުން ބަރު މީހުން އެއަށްވުރެ އަވަހަށް މި ޓެސްޓު ހަދަން ޖެހޭނެއެވެ.

ޑައިބެޓީސް އާއި  ޕްރީ ޑައިބެޓީސް އަށް ސްކްރީން ކުރުން

ހަކުރު ބަލީގެ ސަބަބުން ލޭގައި ހަކުރު ގިނަވުމުން ދިމާވާ ސިއްހީ ބައްޔަކީ ބޮލުން ފެށިގެން ފައިގެ ސިއްހަތަށް އަސަރުކޮށް، ލޮލުގެ ފެނުމުގެ މައްސަލަތަކާއި، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމާއި، ލޭމައްޗަށް ދިއުން، ކިޑްނީގެ ބަލިތަކާއި، ނިއުރޯޕެތީ (ނާރުތަކަށް ގެއްލުންވުން) އަދި ހަންގަނޑާއި ފައިގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ ބައްޔެކެވެ. ގާތްގަނޑަކަށް ކޮންމެ 3 މީހަކުން 1 މީހުންނަކީ ޕްރީ-ޑައިބެޓީސް މީހުންނެވެ.

ޔޫއެސްޕީއެސްޓީއެފް އިން މިހާރު ލަފާ ދެނީ އުމުރުން 35 އަހަރާއި 70 އަހަރާ ދެމެދުގެ \ބަރުދަން އިތުރުވާ މީހުން ކޮންމެ ތިން އަހަރަކުން ހަކުރު ބަލީގެ ޓެސްޓު ކުރުމަށެވެ. ނަމަވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓީސް އެންޑް ޑައިޖެސްޓިވް އެންޑް ކިޑްނީ ޑިޒީޒްއިން ލަފާދެނީ އުމުރުން 19 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ބަރުދަން ހުންނަ، ފަލަ، ނުވަތަ ހަކުރު ބަލީގެ ނުރައްކާ ހުރި އެހެނިހެން ސަބަބުތައް ހުންނަ މީހުންނަށް ރޫޓިން ޓެސްޓު ކުރުމަށެވެ. ޓެސްޓު ހަދަންވީ ކޮންއިރަކުތޯ އަދި ކިހާ ފަހަރަކުތޯ ބެލުމަށް ޑޮކްޓަރާ ވާހަކަ ދައްކާށެވެ.

ރަހިމުގެ ކެންސަރ ސްކްރީނިންގ

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުތަކުގައި އަންހެނުންގެ މެދުގައި ކެންސަރާ ގުޅުންހުރި މަރުތައް އެންމެ ގިނައިން ދިމާވާ އެއް ސަބަބަކީ ރަހިމުގެ ކެންސަރެވެ. ނަމަވެސް، ޕެޕް ޓެސްޓު ފުޅާ ދާއިރާއެއްގައި ބޭނުންކުރުމުގެ ސަބަބުން، ކެންސަރު ޖެހުމުގެ ކުރިން ރަހިމަށް އަންނަ ބަދަލުތައް ދެނެގަނެވޭނެއެވެ. މީގެ އިތުރުން ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) ވެކްސިނަކީ އާންމުކޮށް ރަހިމުގެ ކެންސަރާ ގުޅިފައިވާ އެޗްޕީވީ އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ.

އުމުރުން 21 އަހަރުގައި ރަހިމުގެ ކެންސަރު ސްކްރީން ކުރަން ފަށަންޖެހެއެވެ. ނަތީޖާ އާދައިގެ ނަމަ ދެން އަންނަ ޓެސްޓު 29 އަހަރުގައި ވެސް ހެދިދާނެ އެވެ. އޭގެފަހުން އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕެޕް އަދި އެޗްޕީވީ ޓެސްޓުގެ ކޮމްބިނޭޝަނެއް ހެދޭނެ އެވެ. އަދި ކޮންމެ ތިން އަހަރަކުން ޕެޕް ޓެސްޓެއް ހެދޭނެ އެވެ. ޕެޕް ޓެސްޓުގެ ނަތީޖާ އާދަޔާ ހިލާފުނަމަ ކޮންމެ ފަސް އަހަރަކުން އެޗްޕީވީ ޓެސްޓެއް ހެދޭނެ އެވެ.

އުރަމަތީގެ ކެންސަރު ސްކްރީން ކުރުން
ހަމުގެ ކެންސަރަށް ފަހު އުރަމަތީގެ ކެންސަރަކީ އެމެރިކާގެ އަންހެނުންގެ މެދުގައި އެންމެ އާންމު ކެންސަރެވެ. ގަވާއިދުން މެމޯގްރާމް ހެދުމަކީ އުރަމަތީގެ ކެންސަރު އަވަހަށް  ދެނެގަނެވޭނެ އެއްގޮތެވެ. 

މެމޯގްރާމް ހަދަންވީ ކިހާ ފަހަރު ކަމާއި މެދު އަދި އިއްތިފާގެއް ނެތެވެ. އެމެރިކަން ކެންސަރ ސޮސައިޓީން އަންހެނުންނަށް އިލްތިމާސްކުރަނީ ކޮންމެ އަހަރަކު ވެސް އުމުރުން 45 އަހަރާއި 54 އަހަރާ ދެމެދު މީހުން މެމޯގްރާމް ހެދުމަށެވެ. އެއަށްފަހު އުމުރުން 55 އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން މެމޯގްރާމް ހެދުމަށެވެ.

ކޮލޮރެކްޓަލް ކެންސަރު ސްކްރީނިން

 ކޮލޮރެކްޓަލް ކެންސަރަކީ ތިންވަނައަށް އެންމެ އާންމު ކެންސަރެވެ. އަދި މިއީ ކެންސަރާ ގުޅުންހުރި މަރުތައް މަރުވާ ތިންވަނަ އަށް އެންމެ ބޮޑު ސަބަބެވެ. މިއީ އަވަހަށް ދެނެގަނެވިއްޖެނަމަ ފަރުވާދެވޭ ބައްޔެކެވެ. މި ކެންސަރު ޖެހުމުގެ ފުރުސަތު ލިބުމުގެ ކުރިން ޕޮލިޕްސް (އާދަޔާ ހިލާފަށް ޓިޝޫ ގްރޯތު) ނައްތާލައިފި ނަމަ އެކަން ހުއްޓުވޭނެ ކަމަށް ޑރ ހިރްޝް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ