- Advertisement -ad image

ޓިކްޓޮކްއިން އާ ފީޗާއެއް ޓެސްޓްކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ޓިކްޓޮކްއިން އާ ފީޗާއެއް ތައާރަފްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ އެޕުން އަލަށް ތައާރަފް އަންނަ ފީޗާ ބައެއް ޔޫސާރތަކަށް މިހާރުވެސް ފެންނަން އެބަހުއްޓެވެ. ނަމަވެސް މިއީ ޓެސްޓިން ޓްރަޔަލްއެއްކަމަށް ޓިކްޓޮކުން ވަނީ ބުނެފަ އެވެ.

އަލަށް ތައާރަފްކުރާ މި ފީޗާގައި ޓިކްޓޮކް ބަލަމުންދާ ވަގުތު އަރިމަތިން އެއްވެސް އެއްޗެއް ނުފެނި ސްކްރީން އެއްކޮށް ހުސްކޮށްލެެވެއެވެ. ޓިކްޓޮކް ބަލަމުންދާއިރު އަރިމަތިން ފެންނަ ހުންނަ ފޭވަރިޓް، ކޮމެންޓް ލައިކްސް ފަދަ އޮޕްޝަންތައް ނުފެންނަ ގޮތް ހެދީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ.

ޓެކް ކްރަންޗްގެ ނަން ދީފައިވާ މި ފީޗާ ޓެސްޓް ކުރިނަމަވެސް މީގެ ހުއްދަ ދީފައިވަނީ ކިތައް މީހުންނަށް ކަމެއް އަދި ޔަގީނެއް ނުވެއެވެ. މިއީ ފްލްސްކްރީންކޮށް ބެލުމަށް ޓިކްޓޮކުން ތައާރަފްކުރި ވީޑިއޯއެކެވެ.

މީގެ ކުރިންވެސް މީހުންވަނީ ޓިކްޓޮކް ބަލާއިރު އިތުރު އޮޕްޝަންތަކަށް ނޭނގި ފިތޭތީވެ އެކަމުގެ ޝަކުވާ ކޮށްފަ އެވެ. އަދި މިއީ ވަރަށް ރަނގަޅު ބަދަލެއް ކަމަށް ޓިކްޓޮކް ބޭނުންކުރާ ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ