- Advertisement -ad image

ރޯދަމަހަށް ތަައްޔާރުވުމުގެ ގޮތުން ކުރެވޭނެ ކަންކަމަކީ ކޮބާ؟

ad image

ގުޅުންހުރި ލިޔުންތައް


ރޯދަމަހަކީ އަހަރުމެން ދިވެހިން ގިނަ ތައްޔާރީތަކެއްވެ މާކުރިއާ ދުރާލާ ރެޑީވެގެން ތިބޭ މަހެކެ. މިހާރު މިއަހަރުގެ ރޯަދަމަސް ފެށެން މިވަނީ 20 ވަރަކަށް ދުވަހަށްވެފައެވެ.
އައިޖީއެމްއެޗްގެ ސީނިއާ ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް ވިދާޅުވީ ރޯދަމަސް އައުމުގެ ކުރިން ތައްޔާރުވެލުމުގެ ގޮތުން ކުރިއާލާ ރޯދަތަކެއް ހިފުމަކީ ސިއްހީގޮތުން ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.
އެގޮތުން ރޯދަމަހު ގިނަ އިރުތަކެއް ވަންދެން ނުކައިތިބެފައި ދެން ކުއްލިއަކަށް ކާންފެށުމުން އެއްފަހަރާ މާގިނައިން ކެވޭ ގޮތް މެދުވެރިވާ ކަމަށް އާސިޔާ ވިދާޅުވިއެވެ.
“ މިކަމުގެ ސަބަބުން ދެން ދިމާވާ ބައެއް ކަހަލަ ސިއްހީ މައްސަލަތައް އެބަ މެދުވެރިވޭ. ބައެއް ފަހަރަށް ގޭސް އުފެދުން ނޫނިއްޔާ ވަރުބަލިވުން ނޫނިއްޔާ ކޮލެސްޓްރޯލް މައްޗަށް ދިއުން ކަހަލަ މައްސަލަތައް އެބަ ދިމާވޭ “ އާސިޔާ ވިދާޅުވިއެވެ.
މިކަންކަން ކުޑަ ކުރުމަަށްޓަކައި ކުރިއާ ދުރާލާ ކުރެވޭނެ ކަމަކީ ކޮންމެވެސް ވަރަކަށް ރޯދައެއް ހިފާލުން ކަމަށް ޑައިޓީޝަން އާސިޔާ ވިދާޅުވިއެވެ.
ހަފުތާއަކު ދެދުވަހު ނޫނިއްޔާ ދޭތެރެއަކުން ދެދުވަހެއް ޖައްސަ ޖައްސައިގެން ރޯދަ ހިފައިލުން މިގޮތަށް މަދު މަދުން ރޯދަ ހިފަމުން ދިއުމުން ބަނޑުހައިވެގެން ގޮސް މާގިނައިން އެއްފަހަރާ ކެވޭ ކެވުން ކުޑަ ކޮށްލެވޭނެ ކަމަށް އާސިޔާ ވިދާަޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ