Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ނޮވެމްބަރު މަހުގެ އާމްދަނީ 2.2 ބިލިއަން ރުފިޔާއަށް އަރައި، މީރާއަށް ރެކޯޑް ކުރިއެރުމެއް

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ ނޮވެމްބަރު މަހު 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ދައުލަތަށް ޓެކްސްގެ ގޮތުގައި އާމްދަނީ ހޯދާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އެ މަހާ އަޅާ ބަލާއިރު %16.6 ގެ ކުރިއެރުމެކެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބިފައިވަނީ 1.89 ބިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހު ލިބުނު އާމްދަނީ ވަނީ، އެ އިދާރާއިން އަންދާޒާކުރި އަދަދަށްވުރެ %6.7 އިތުރުވެފައެވެ. މި ކުރިއެރުމަށް މައިގަނޑު ސަބަބުތަކެއް ވެފައިވަނީ ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓް ޓެކްސް އަދި އެއާޕޯޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. 

އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، މިއަހަރުން ފެށިގެން ގްރީން ޓެކްސް ބޮޑުކުރުމާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓު ފީއާއި ޓެކްސް ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް އައި ކުރިއެރުމާއި ގުޅިގެން، މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމަކީވެސް ނޮވެމްބަރު މަހުގެ އާމްދަނީ އިތުރުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދިން ކަމެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ގްރީން ޓެކުހާއި އެއާޕޯޓުން ފުރަންދާ މީހުންގެ އަތުން ނަގާ ފީ ދެ ގުނަ އިތުރުވެފައިވެއެވެ. އަދި އެއާޕޯޓަށް ނަގާ ފީ އާއި ދިގު މުއްދަތަކަށް ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކުން ނަގާ ކުލިވެސް މި މުއްދަތުގައި ދެ ގުނައަށް އިތުރުވެފައިވާކަން އެނގެއެވެ. 

ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި ޖީއެސްޓީ (ޓީޖީއެސްޓީ ހިމެނޭހެން) އިން 1.3 ބިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 191 މިލިއަން ރުފިޔާ، އިންކަމް ޓެކުހުގެ ގޮތުގައި 131.7 މިލިއަން ރުފިޔާ އަދި ފުރާ މީހުން އަތުން ނަގާ ޓެކުހުގެ ގޮތުގައި 164.99 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި 8.98 މިލިއަން ރުފިޔާ ލިބިފައިވާއިރު، މުދަލު ޒަކާތުގެ ގޮތުގައި 4.25 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ