- Advertisement -ad image

ހާރަށް ކާންވީ ކޮންއެއްޗެއް؟

ad image

ގުޅުންހުރި ލިޔުންތައް


ހާރުކެއުމުގައި ބިސް، މުގު، މަސް، ކުކުޅު ނުވަތަ ޔޯގަޓް ފަދަ ޕްރޮޓީންސްތައް ހިމެނުން މުހިންމެވެ.
ހާރުކާއިރު ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ ދުވާލު ވަރުދެރަނުވެ ހަށިގަނޑުގައި ހަކަތަ ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ހާރުކެއުމުގައި ހިމަނަންވާނީ ލަސްލަހުން ހަޖަމުވާ ފައިބަރު ގިނަ ކާނާއެވެ. މިފަދަ ކާނާތަކުން ގައިގެ ވަރުދެރަނުވެ ހަށިގަނޑުން މަޑުމަޑުން ހަކަތަ ދޫކުރުމަށް އެހީތެރިވެދެއެވެ.
އޯޓްސް، ބާރލީ، އާޓާ ރޮށި ނުވަތަ ހޯލް ގްރެއިން ޕާން ފަދަ ކާބޯހައިޑްރޭޓްސް ލިބިދޭ ބާވަތްތައް ކެއުމުގައި ހިމަނަންވާނެއެވެ.
ދުވާލު ހަށިގަނޑުގައި ހަކަތަ ދެމެހެއްޓުމަށްޓަކައި ސިއްހަތަށް ފައިދާހުރި ސަރުބީ ބޭނުންކުރުން މުހިންމެވެ. މިފަދަ ފައިދާހުރި ސަރުބީ ލިބޭނީ އެވަކާޑޯ، ނަޓްސް، ނަޓް ބަޓާރ، ކަޅުދިރި އަދި ކަދުރު ފަދަ ބާވަތްތަކުންނެވެ.
ހާރުކެއުމުގައި ފައިބަރާއި ފެންގިނަ މޭވާއާއި ތަރުކާރީ ހިމެނުން މުހިއްމެވެ. މީގެތެރެއިން ކަރާ، ލެޓިއުސް، ކިއުކަމްބާ، ސްޕިނެޗް، ދޮންކެޔޮ އަދި އަނބު ފަދަ ބާވަތްތައް ހިމެނެއެވެ.
ހާރުކެއުމުގައި ލޮނުގަދަ ކާތަކެތި އަދި ސޮސެޖު ފަދަ ތައްޔާރީ ކާނާ، ލަންޗަން މީޓް، ދަޅުގައި ބަންދުކުރެވިފައިވާ ކާނާ، ޗީޒް، ނޫޑްލްސް، ތެލުލި ކާނާ، ހަކުރުގެ ބާވަތް ގިނަ އަދަދަކަށް ހިމެނޭ ކާނާ އަދި ކޮފީ އާއި ދުރުވުން ވަރަށް މުހިންމެވެ.
މިފަދަ ކާނާ ކެއުމުގެ ސަބަބުން ކަރު ހިއްކައި ހަށިގަނޑުން ފެންމަދުވާ ގޮތް ދިމާވެއެވެ. އަދި ގިނައިން ތެލުގެ ބާވަތް ގިނަ ކާނާކެއުމުން މެއިން ދިލަނަގާގޮތްވެ ގޭސް މައްސަލަ ޖެހުން އެކަށީގެންވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ