- Advertisement -ad image

ރޯދަމަހު އެންޓިބައޮޓިކް ކާންޖެހިއްޖެނަމަ ހަދާނީ ކިހިނެތް؟

ad image

ގުޅުންހުރި ލިޔުންތައް

ރޯދަމަހުގައިވެސް ބަލިހާލަތު ހުންނަގޮތުން ބޭސްކާންޖެހޭ ގޮތް ވަރަށް ގިނަ މީހުންނަށް މެދުވެރިވެ އެވެ. މީގެތެރޭގައި ދާއިމީކޮށް ކާ ބޭހުގެ އިތުރުން އެންޓިބައޮޓިކް ވެސް ހިމެނެ އެވެ.

އެންޓިބައޮޓިކް އަކީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އެކި ކަހަލަ އިންފެކްޝަންތަކަށް ކާންޖެހޭ ބޭހެކެވެ. މި ބޭހަކީ ކާންފަށައިފި ނަމަ އޭގެ ޑޯޒު ހަމަ ނުވަނީސް ހުއްޓާލުން ރަނގަޅުނޫން ބޭހެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި އެންޓިބައޮޓިކް ބޭނުންކުރަމުން ރޯދަ ހިފުމަށް ގިނަ މީހުންނަަށް އުނދަގޫތަކެއް ކުރިމަތިވެއެވެ.

އައިޖީއެމްއެޗްގެ ފިޒިޝަން ޑރ. މުހައްމަދު އަލީ ވިދާޅުވާގޮތުގައި ރޯދަމަހު އެންޓިބައޮޓިކްއެެއް ކާންޖެހޭ ވަރަށް ބަލިވެއްޖެނަމަ އެންމެ ރަނގަޅުގޮތަކީ ރޯދައަށް ނުހުރުމެވެ. ހާއްސަކޮށް އަގުމެންޓިން ކާން ޖެހިއްޖެނަމަ ރޯދައަށް ނުހުރުމަށް ޑރ. މުހައްމަދު އަލީ އިރުޝާދުދެއްވަ އެވެ.

މީގެ ސަބަބަކީ އެންޓިބައޮޓިކްގެ ތެރޭގައި ވެސް ހިމެނޭ އަގުމެންޓިންއަކީ ވަރަށް ބާރުގަދަ ބޭހަކަށް ވުމެވެ. އަި މި އެންޓިބައޮޓިކް އާއްމުކޮށްދޭނީ ހަށިގަނޑު ވަރަށް ބޮޑަށް ބަލިވުމުންނެވެ.

އެހެންނަމަވެސް ރޯދައަށް ހުންނަން ބޭނުންކަމަށްވާނަމަ ބޭސް ކާ ގަޑިއަށް ގަޑިއެއްހާއިރުގެ ތަފާތެއް އަޔަސް ރަނގަޅުވާނެކަމަށް ޑރ. މުހައްމަދު އަލީވަނީ ވިދާޅުވެފަ އެވެ. އަދި އެއަށްވުރެ ބޮޑު ތަފާތެއް އަންނަނަމަ ހަށިގަނޑަށް ބޭހުން ކުރާ އަސަރު ކުޑަވާނެ އެވެ.

އެންޓިބައޮޓިކްގެ ތެރޭގައި ލޮލަށް އަޅާ އެންޓިބައޮޓިކްގެ ސަބަބުން ރޯދަ ނުގެއްލޭނެ ކަމަށް ގިނަ އިލްމްވެރިން އިއްތިފާގުވެއެވެ. އެހެންނަމަވެސް ލޮލަށް އެޅުމުގެ ސަބަބުން ކަރުތެރެއަށް އޭގެ ރަހަ ލާނަމަ އެންމެ ރަނގަޅު ގޮތަކީ ރޯދަ ނުހިފުންކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ކަންފަތަށް އަޅާ އެންޓިިބައޮޓިކެއް ކަރުތެރެއަކަށް ނުދާނެކަމަށް ވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

އެންޓީބައޮޓިކް ކާންޖެހޭ މުއްދަތު ފުރިހަމަ ނުކޮށްފިނަމަ އެންޓިބައޮޓިކަށް ހަށިގަނޑު ނުގުޑައިފާނެ ކަމަށް ގިނަ ސިއްހީ މާހިރުން އެއްބަސްވެއެވެ. އެހެންކަަމުން މިއީ ކެއުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ބޭހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ