- Advertisement -ad image

ކުޑަކުދިން ރޯދައަށް ބައިތިއްބާއިރު ސަމާލުވާން ޖެހޭ ކަންތައްތައް!

ad image

ގުޅުންހުރި ލިޔުންތައް

ރޯދަމަހު ކުދިންގެ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށާއި ރޯދަ ހިފުމުގައި ކެއުމުގެ ކަންތައްތައް ބަހައްޓާނެ ގޮތްތަކާމެދު، ޓްރީޓޮޕް ހޮސްޕިޓަލްގެ ޗައިލްޑް ނިއުޓްރިޝަންގެ ހާއްސަ ޑރ. ރުކްޝާނާ އަހްމަދުގެ އިރުޝާދުތައް.

ރޯދަހިފާ ކުދިންގެ ކެއުން ތައްޔާރު ކުރުމުގައި ވިސްނަންޖެހޭ ކަންތައްތައް..
ކުޑަކުއްޖާ ރޯދަހިފުމުގެ ކުރިން ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ، ހަށިގަނޑުން ފެން މަދުވެ، ބޮލުގައި ރިއްސުމާއި، ވަރުދެރަވުމާއި ކަންކަމަށް ސަމާލުކަން ދިނުމުގައި އުދަނގޫވުން ކުރިމަތިވުން އެކަށީގެންވެއެވެ.
ރޯދަ ވީއްލާއިރު ކާންވާނީ ސިއްހަތަށް ފައިދާހުރި ހަކަތަ ލިއްބައިދޭ ލުއިކެއުމެކެވެ. ޖަންކް ފުޑުއެއް ނޫނެވެ. އެހެންކަމުން ކާބޯހައިޑްރޭޓްސް އާއި ފައިބަރު ގިނައިން އެކުލެވޭ ކާނާގެ ބާވަތްތައް ބްރައުން ބްރެޑް، ޗީޒް ސޭންޑްވިޗް، ބިސް އަދި ތަރުކާރީ ކެއުމުގައި ހިމެނުން މުހިންމެވެ. އަދި ތައްޔާރީ ކާނާއާއި ތެލުލި ކާނާއާއި ދުރުހެލިވެ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ކެއުމުން ދުރުހެލިވާން ޖެހެއެވެ.

ރޯދަވީއްލުމަށްފަހު މަދުވެގެން ދެތިން ގަޑިއިރުފަހުން ރޭގަނޑު ކާންދިނުން ރަނގަޅެވެ. މީގެތެރޭގައި ސްޓާރޗް ހިމެނޭ ތަކެތި ޕްރޮޓީން އަދި ތަރުކާރީ ހިމަނަންވާނެއެވެ. މިސާލަކަށް ބަތް، ޕާސްތާ، އާޓާފުށުރޮށި، ގްރިލްކޮށްފައި ނުވަތަ ސްޓީމްކޮށްފައިވާ މަސް ނުވަތަ ކުކުޅު އަދި ފެންގިނަ ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.
މިއާއެކު ޔޯގަޓް އައިސްކްރީމް ނޫނީ އެކުއްޖަކަށް ކަމުދާ ފޮނިކާ އެއްޗެއް ރޭގަނޑުގެ ކެއުމާއެކު ދެވިދާނެއެވެ. އެކަމަކު ދަރިފުޅު ރޭގަނޑުގެ ކެއުމަށްފަހު ނިންދަވަން ބޭނުންނަމަ ފޮނިކާއެއްޗެއް ނުދިނުން އެދެވިގެންވެއެވެ.

ފައިބަރ އިން މުއްސަނދި ހޯލްގްރެއިން ކާއެއްޗިއްސަކީ ކުަޑަކުދިންގެ ހަށިގަނޑުގައި ލޭގައި ހަކުރު ހުންނަވަރު އެއް މިނެއްގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.
މިއީ ސްކޫލްގައި ކުއްޖާގެ ސަމާލުކަން ދެމެހެއްޓުމަށް މުހިންމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ކެލޮރީސް ލިއްބައިދޭ ކާނާތަކުގެ ތެރޭގައި ހިމެނެނީ މަލްޓި ގްރެއިން ޕާން، ޕޮރިޖު، ބިސް، ޗީޒް، ޕީނަޓް ބަޓަރ، ސީރިއަލް، ޔޯގަޓް އަދި މޭވާ އަޅައިގެން ތައްޔާރު ކުރާ ސްމޫތީ ފަދަ އެއްޗިއްށެވެ.
ހާރުކެއުމުގައި ލޮނުގަދަ ކާތަކެތި ތައްޔާރީ ކާނާ، ހަކުރުގެ ބާވަތް ގިނަ އަދަދަކަށް ހިމެނޭ ކާނާ ހަށިގަނޑުން ފެން މަދުވުމަށް މެދުވެރިކޮށްދޭ ކަމަކަށްވުމުން މިފަދަ ކާނާ ވީހާވެސް މަދުން ބޭނުން ކުރުން މުހިންމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ