- Advertisement -ad image

ރޯދައަށް ހުންނައިރު ހަށިގަނޑުން ފެންމަދުވުމުން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ބައެއް ފިޔަވަޅުތައް!

ad image

ގުޅުންހުރި ލިޔުންތައް


ފެން މަދުވުމުގެ ސަބަބުން ދިމާވާ އެކި ސިއްހީ މައްސަލަތަކުން ރައްކާތެރި ވުމަށްޓަކައި ރޯދަނޫން ވަގުތުތަކުގައި ފެން ބުއިމަށް އިސްކަން ދޭންޖެހެއެވެ.
ރޯދައަށްހުރެ ހަށިގަނޑުގައި ހުންނަންޖެހޭ ވަރަށް ފެން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެވްރެޖްކޮށް ބޮޑެތި ފިރިހެނުންނާއި އަންހެނުން ހޫނު މޫސުމުގައި 2.5 ނުވަތަ 3.5 ލީޓަރާއި ދެމެދު ފެން ބޯންޖެހެއެވެ. ހަށިގަނޑުގައި ފެން ދެމެހެއްޓުމަށް ބުައިމަށް އެންމެ ރަނގަޅު ދިޔާއެއްޗަކީ ފެނެވެ.
އެންމެ އެދެވިގެންވަނީ ތާފަނާ ފެން ނުވަތަ އާދައިގެ ފެން ބުއިމެވެ. ހަމައެހެންމެ ރޯދަވީއްލުމާއި ހާރުކެއުމާއި ދެމެދު ކޮންމެ ބައިގަޑިއިރަކުން ބިއްލޫރި ތައްޓެއްގެ ދެބައިކުޅަ އެއްބައި ނުވަތަ ފެން ކޯވަރުން ބުއިން މުހިންމެވެ. އެއްފަހަރާ ގިނަ އަދަދަކަށް ފެން ބުއިމަކީ އެދެވިގެންވާ ކަމެއްނޫނެވެ. ހަށިގަނޑުގައި ފެން ދެމެހެއްޓުމަށްޓަކައި ފެނުގެ އިތުރުން ބޭނުން ކުރެވޭނެ ކާނާގެ ތެރޭގައި ހިމެނެނީ ތާޒާ މޭވާގެ ފަނި، ސޫޕު، ފެނުގެ ބާވަތް ގިނަ މޭވާ އާއި ތަރުކާރީ މިސާލަކަށް ކަރާ، އޮރެންޖު، މޭބިސްކަދުރު، ފަތް ސެލަޑު، ކިއުކަމްބާ އަދި ސެލަރީ ފަދަ ބާވަތްތަކެވެ.
ހޫނު މޫސުމުގައި ދުވާލު ފިނި ފެނުން ފެންވެރުމަކީ ހަށިގަނޑުގައި ފެން ދެމެހެއްޓުމަށް މުހިންމު ކަމެކެވެ. އަދި ކޮފީ ފަދަ ދިޔާ ތަކެއްޗާއި ހަކުރު ގިނައިން އެކުލެވިގެންވާ ފޮނި ކާއެއްޗިއްސާއި ކުޅި އަދި ލޮނުގަދަ ކާއެއްޗިއްސާއި ތައްޔާރީ ކާނާއާއި ދުރުވުން މުހިންމެވެ.
މިބާވަތްތަކުގެ ކާނާ ރޭގަނޑު ކެއުމުން ދުވާލު ރޯދައަށް ހުންނައިރު ކަރު ހިއްކުން އިތުރުވާގޮތް މެދުވެރިވެއެވެ.
ރޯދައަށް ހުރެ މާ ގަދައަށް ކަސްރަތު ކުރުމުން ހަށިގަނޑުން ފެން މަދުވެ ދަލުގައި އިލެކްޓްރޯލައިޓްސް މަދުވެ ހަށިގަނޑުން ފެން މަދުވާ ގޮތް ދިމާވެއެވެ. ކަސްރަތު ކުރުން އެންމެ އެދެވިގެންވަނީ ރޯދަވީއްލުމަށްފަހު ދެތިން ގަޑިއިރު ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ