- Advertisement -ad image

ބަނޑުގައި ޖަހާ ސަރުބީ: ހަށިގަނޑުގެ ގުނަވަންތަކަށް އޮތް ބޮޑު ނުރައްކަލެއް

ad image

ގުޅުންހުރި ލިޔުންތައް

ބަނޑުގައި ސަރުބީ ނުވަތަ ބެލީ ފެޓް ޖެހުމަކީ އޭގެ ސަބަބުން ހީނުކުރާ ފަދަ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. މީގެ ސަބަބުން ހިތް، ފުއްޕާމޭ، ކިޑްނީ އަށް ހީނުކުރާވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވައެވެ.

ބަނޑުގައި ސަރުބީ ޖެހުމަށް މެދުވެރިވާ އެއް ސަބަބަކީ ހަކުރު ގިނައިން ކުރުމެވެ. ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައިވާ މި ރިޕޯޓު ބުނާ ގޮތުން އަހަރެމެން މާ ގިނައިން ހަކުރު އެކުލެވޭ ބާވަތަތައް ކެއުމުން ހަށިގަނޑަށް ބޭނުންވާ ވަރު ނަގާފައި ބާކީވާ ބައި ސަރުބީއަށް ބަދަލުވެ ހަށިގަނޑުގައި ރައްކާ ކުރެވެ އެވެ. އެގޮތުން އެންމެ ގިނަ ސަރުބީ ރައްކާކުރަނީ ހިތުގެ ވަށައިގެންވާ ފެޓް ޓިޝޫ ތަކުގަޔާއި ބަނޑުގަ އެވެ. މި ތަންތަނުގައިވާ ސަރުބީތަކުން ހަށިގަނޑުގެ ތެރެއަށް ތަފާތު ވައްތަރުގެ ކެމިކަލްތައް ރިލީޒް ވަމުންދާ ކަމަށާއި މިއީ ހަށިގަނޑަށް ގެއްލުންތައް ލިބޭ ކެމިކަލްތަކެއް ކަމަށް ވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ބަނޑުގައިޖަހާ ސަރުބީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ސަބްކިއުޓަނިއަސް އަދި ވިސްސަރަލް ފެޓް އެވެ.

ސަބްކިއުޓަނިއަސް ފެޓްއަކީ ހަމުގެ ދަށުގައި ޖަހާ ސަރުބީއެވެ. ވިސްސަރަލް ފެޓް އަކީ މީހާއަށް ނުރައްކާވާފަދައިން ގުނަވަންތަކުގެ ވަށައިގެން، އިންފްލަމޭޓަރީ މާކާސް، ވިހަ މާއްދާތަކާއި، ކެމިކަން އަދި ހޯމޯންތައް ހަށިގަނޑަށް ދޫކުރާ ފެޓްތަކެވެ.

ވިސްސަރަލް ފެޓް
ވިސްސަރަލް ފެޓްއަކީ ނުފެންނަ ނަމަވެސް ބަނޑު ބޭރަށް ވެއްޓިފައި ހުންނަހެން ހަދުވާ ފެޓްސްއެވެ. މިފަދަ ފެޓްސްއަކީ ހިކި، ފަލަ އަދި ގައިގައި މަސަލްސް މަދު މީހުންގެ ގައިގައި ޖަހާ ފެޓެވެ. މިގޮތުން ވިސަރަލް ފެޓް އުފެދެނީ ބަނޑުގެ ވަށަމިން ފިރިހެނެއްވިޔާ 40 އިންޗި އަންހެނެއްވިޔާ 35 އިންޗި އަށްވުރެ މަތީގައި ހުންނަ މީހުންގެއެވެ.

ވިސްސަރަލް ފެޓް އަކީ މެޓަބޮލިކް ސިންޑްރޯމްގެ އަލާމާތެކެވެ. މިގޮތުން ވިސަރަލް ފެޓްގެ އަސަރު އިންސާނާއަށް ކުރާކަން އެނގޭ އަލާމާތްތަކަކީ
ލޭގެ ޕްރެޝަރު މަތިވުން
ބަރުދަން މާބޮޑަށް އިތުރުވުން
ކޮލެސްޓްރޯލް މަތިވުން
އިންސިއުލިން ރެޒިސްޓަންސް
މިކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުގެ ތެރޭގައި:
ހިތުގެ ބަލި
ހަކުރުބަލި
ސްޓްރޯކް
ޑިމެންޝިއާ

ވިސްސަރަލް ފެޓް އުފެދުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟
މާގިނައިން ކެލޮރީ ހުންނަ ތަކެތި ކެއުން
ހެލިފެލިވެ އުޅޭ މިންވަރު މަދުވުން
އާއިލާ ފަރާތުން ވާރުތަވުން
އަދި ހޯމޯނަލް މައްސަލަތަކުގެ ސަބަބުން

ބަނޑަކީ ހަށިގަނޑުގައި އެންމެ ފުރަތަމަ ސަރުބީ ޖަހަން ފަށާތަނެވެ. އެގޮތުން ބަނޑުގައި ހުންނަ ސަރުބީ ވިރުވާލުމަކީ އުނދަގޫ ކަމަކަށް ވީ ނަމަވެސް، ބަނޑުން ސަރުބީ މަދުކޮށް ހަށިގަނޑުގެ ބައްޓަން ހެޔޮވަރު ކޮށްލެވިދާނެއެވެ.
ބަނޑުގެ ކަސްރަތު ގިނައިން ކުރުމުން ބަނޑުގައި ހުންނަ ސަރުބީ ވިރުވާލަދެއެވެ. ހަމައެހެންމެ ފެން ބޭނުން ކުރާ މިންވަރު އިތުރު ކުރުމުން ވެސް މި ކަމުން ހައްލު ލިބެއެވެ. ފެނަކީ ހަށީގަނޑުގައި އެކުލެވޭ ވިހަ މާއްދާތައް ބޭރުކޮށްލަދޭ މުހިއްމު އެއްޗެކެވެ. އަދި ކާއެއްޗެހީގައި ލޮނު ބޭނުންކުރާ މިންވަރު މަދުކޮށްލާށެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ފެން ހިފެހެއްޓުން ކުޑަވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ