- Advertisement -ad image

ބޮލުން ހަންފޮޅެނީތަ! މިއޮތީ ތިކަމުގެ ހައްލު

ad image

ގުޅުންހުރި ލިޔުންތައް

ބޮލުން ހަންފޮޅުމަީ ވަކި އުމުރަކަށް ދިމާވާކަމެއް ނޫނެވެ. މިކަން ތަހައްމަލް ކުރާ ގިނަ ބަޔަކު އުޅޭއިރު ބޮލުން ހަންފޮޅުވުން ހުއްޓުވޭނެ ސަތޭކަ އިންސައްތަ ޔަގީން ފޯމިއުލާއެއް ހެދިފައެއް ނުވެއެވެ.

ބޮލުން ހަންފޮޅުމަކީ އިސްތަށިގަނޑުގެ ބަލިކަށިވެ ފޭބުމަށްވެސް މެދުވެރިވާ ކަމެކެވެ. ބޮލުން ހަންފޮޅެން މެދުވެރިވާ ތަފާތު ސަބަބުތަކެއް ހުރެއެވެ. ބައެއް ފަހަރު ބޭނުންކުރެވޭ ކޮސްމެޓިކަކުން ނުވަތަ ބޮލުގެ ތަލައަށް ދިމާވާ ސިއްހީ މައްސަލައަކުންވެސް ބޮލުގައި ހަންފޮޅިދާނެެއެވެ. އަދި އުޅޭ މާހައުލުގެ ވައި ތަޣައްޔަރު ވުމަކީވެސް އިސްތަށިގަނޑުގެ ދުޅަހެޔޮ ކަމަށް އަސަރު ކުރުވާ ކަމެކެވެ.

މިކަމަށް ހައްލު ހޯދުމަށް އެކި މީހުން ކުރަނީ އެކި ކަހަލަ މަސައްކަތެވެ. ފާޑުފާޑުގެ ޝޭމްޕޫ، ކޮންޑިޝަނަރ، ތެލުގެ އިތުރުން ބައެއް މީހުން ކެޕްސޫލް ވެސް ބޭނުންކުރެއެވެ. މިލިޔުމުގައި މި ބަލައިލަނީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން މިކަމަށް ހައްލު ހޯދިދާނެ ގޮތްތަކެވެ.

ރާނބާފަތް

ބޮލުން ހަންފޮޅޭ ނަމަ އެކަމަށް ރާނބާފަތް ބޭނުން ކުރެވިދާނެ އެވެ. އެ ފަތް ފުނޑާފައި ތާފަނާ ފެނުގައި މިކްސް ކޮށްލުމަށް ފަހު ބޮލުގައި އުނގުޅާފައި ބައި ގަޑިއެއްހާ އިރު ބަހައްޓާފައި ދޮވެލާނީ އެވެ. މިހެން ހެދުމުން ބޯހިރުވުމާއި އިސްތަށިތައް ބަލިކަށިވުން ފަދަ މައްސަލަތައް ވެސް ހައްލު ކޮށްދީ، އިސްތަށިގަނޑު ވަރުގަދަ ކޮށްދޭނެ އެވެ.

އެލޯވެރާ

ބޮލުން ހަންފޮޅޭ ނަމަ އެކަމުގެ ހައްލަކަށް ވެސް އެލޯ ވެރާ ޖެލް ބޭނުންކޮށްލެވިދާނެ އެވެ. މީގެ ސަބަބުން އިސްތަށިގަނޑުގައި ހުންނަ ކުރަކިކަން ފިލައި އޮމާންކަން ގެނުވައިދީ މަޑު ވެސްކޮށްދޭނެ އެވެ. އަދި އެލޯ ވެރާ ޖެލް އަކީ އިސްތަށި ފެށުމަށް ވެސް އެހީވެދޭ އެއްޗެކެވެ.

ކާށިތެޔޮ

ކާށި ތެލަކީ ދިވެހިންނަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. އަދި ކާށި ތެލަކީ ފައިދާތަކުން ފުރިގެންވާ، އަދި އެހާމެ ފަސޭހައިން ލިބެން ހުންނަ ތެލެކެވެ. ކާށިތެލުން ގިނަ ފައިދާ ލިބޭކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެނގެއެވެ. އެހެންނަމަވެސް، އެއިން ނުބައި ވަސް ދުވާ ކަަމަށް ބުނެ، އެ ތެޔޮ ބޭނުންކުރާ މީހުން މަދެވެ. ވަހަކަށް ބަލާނެ ކަމެއް ނެތެވެ.
ކާށިތެލަކީ ބޮލުން ހަންފޮޅުން ދުރުކޮށްދޭ އެއްޗެއް ކަމަށް ހަމުގެ ޑޮކްޓަރުން ބުނެއެވެ. އަދި ސިއްހީ މައުލޫމާތު ދޭ ވެބްސައިޓުތަކުގައިވެސް އެވާހަކަ ލިޔެފައިވެއެވެ. ކާށި ތެލަކީ ބޮލުގެ ތަލަ “ހައިޑްރޭޓް” ކޮށްދިނުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ބޮލުން ހަންފޮޅެނީ، ބޮލުގެ ތަލަ “ޑްރައި” ވުމުންނެވެ. އެހެންކަމުން، ކާށިތެލަކީ ބޮލުން ހަންފޮޅޭ މައްސަލައަށް ހައްލު ހޯދައިދޭނެ މިތުރެކެވެ.
އެޕަލް ސައިޑަރ ވިނެގަރ
އެޕަލް ސައިޑަރ ވިނެގަރ އަކީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެވޭ ވަރަށް މަޝްހޫރު އެއްޗެކެވެ. ބުނެވޭ ގޮތުގައި އޭގައި ހުންނަ އެސިޑިޓީގެ ސަބަބުން މަރުވެފައި ހުންނަ ހަމުގެ ސެލްތައް ސާފު ކުރުމަށް އެހީތެރިވެދެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑުގެ ޕީއެޗް ރަނގަޅު މިންވަރެއްގައި ހިފަަހައްޓައިދީ، ބޮލުން ހަންފޮޅުން ހުއްޓުވައިދެއެވެ. މި ބޭނުން ކުރަން އެންމެ ރަނގަޅު ގޮތަކީ ޝޭމްޕޫއަށް 3-2 ތިކި އަޅައި، ނުވަތަ ތެލަށް 3-2 ތިކި އަޅާލުމަށްފަހު ބޭނުން ކުރުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ