ފާނަބަސަންދު (ޗިކަންޕޮކްސް ނުވަތަ ވެރިސެލާ-ޒޮސްޓާ) އަކީ ވައިރަހެއްގެ ސަބަބުން ހަށިގަނޑުގައި ރަތް ކުލައިގެ ބިހިތަކެއް ނަގައި، އޭގެ ފަހުން ފަޅައިގެން އެ ފަޅައިގެން ގޮސް މުޅި ހަނށިގަނޑަށް ފެތުރޭ ބައްޔަކަށް ކިޔާ ނަމެކެވެ. ފަސޭހައިން ގައިންގަޔަށް އަރާ މި ބަލި ފެތުރެނީ ޖިސްމާނީ ފްލުއިޑްސް އާއި ޖިސްމާނީ ގުޅުމުގެ ޒަރިއްޔާއިންނެވެ.
ފާނަބަސަންދަކީ އާންމުކޮށް ކުޑަކުދިންނަށް ޖެހޭ ބައްޔެއް ނަމަވެސް ކޮންމެ އުމުރެއްގައި ވެސް މި ބަލި ޖެހިދާނެ އެވެ. މި ބަލި އާއްމުގޮތެއްގައި 1-2 ހަފުތާ ފަހުން އަމިއްލައަށް ރަނގަޅުވެއެވެ. ނަމަވެސް ވެކްސިނަކުން ފާނަބަސަންދުން ރައްކާތެރިވެވޭނެ އެވެ.
ބަލީގެ އަލާމާތްތައް
ހުން އައުން
ވަރުދެރަވުން
ނޭފަތުން ފެން އައުން
ހަމުގައި ބިހިތަކެއް ނެގުން
ފާނަބަސަންދު ޖެހުމުން ހަށިގަނޑުގައި ނަގާ ބިހިތައް ފަހުން ފެންފޮޅުތަކަކަށް ބަދަލުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ. މިއީ ވަރަށް ބޮޑަށް ކަހާ ހިރުވާ ބިހިތަކެއްކަމުން ވަރަށް އަވަހަށް އެ ފަޅާއިގެން ދިއުމާއި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރުމުގެ ފުރުސަތު އޮވެއެވެ.
ފާނަބަސަންދު ފެތުރެނީ ކިހިނެތް؟
ފާނަބަސަންދަކީ އެބަލި ޖެހިފައި ހުރި މީހެއްގެ ފްލުއިޑް އެހެން މީހެއްގެ ހަށިގަނޑަށް އެތެރެވުމުން ފެތުރޭ ބައްޔެކެވެ. މި ބަލި އާންމުގޮތެއްގައި ފެތުރެނީ ބަލިޖެހިފައި ހުރި މީހެއް ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ.
މީގެއިތުރުން ބިހި ނަގާފައ ހުރި މީހެއްގެ ގައިގާ ބީހުމުންނާއި، އޭނާ ބޭނުންކޮށްފައި ހުންނަ ތުވާއްޔާއި އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުންވެސް ބަލި ފެތުރެއެވެ.
އަދި ގައިގާ ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކު އަނެކަކު ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ފާނަބަސަންދު އެއްފަހަރު ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު ކުޑަކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެހެން ކަމުން ކުރި ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ ބަލި ޖެހިދާނެ މީހެއްކަމަށް ބަލާ ދުރާލާ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ.
[…] ފާނަބަސަންދު (ޗިކަންޕޮކްސް ނުވަތަ ވެރިސެލާ-ޒޮސްޓާ) އަކީ ވައިރަހެއްގެ ސަބަބުން ހަށިގަނޑުގައި ރަތް ކުލައިގެ ބިހިތަކެއް ނަގައި، އޭގެ ފަހުން ފަޅައިގެން އެ ފަޅައިގެން ގޮސް މުޅި ހަނށިގަނޑަށް ފެތުރޭ ބައްޔަކަށް ކިޔާ ނަމެކެވެ. ފަސޭހައިން ގައިންގަޔަށް އަރާ މި ބަލި ފެތުރެނީ… އިތުރަށް ވިދާޅުވޭ […]