- Advertisement -ad image

ހިރާސް ބަދިގެ: ޗިކަން ކަޓްލަސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޗިކަން ކަޓްލަސް
ބޭނުންވާ ތެކެތި:
2 މޭޒުމަތީ ސަމުސާ ބަޓަރ
1 ފިޔާ
4/1 ޖޯޑް ގްރީން ބެލް ޕެޕަރ
2/1 މިރުސް
1 މޭޒުމަތީ ސަމުސާ ގާލިކް ޕައުޑަރ
ރަހަލާވަރުގެ ލޮނުކޮޅެއް
1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް
200 ގުރާމް ކައްކާފައިހުރި ކޮށި ކުކުޅު
2 އަލުވި (ކައްކާފައި)
2 މޭޒުމަތީ ސަމުސާ ކޮރިއަންޑަރ
4/1 ބްރެޑް ކްރަމްބްސް

އެގްވޮޝް
2 ބިސް
2 މޭޒުމަތީ ސަމުސާ ކިރު
ލޮނުކޮޅެއް
ހަދާނެގޮތް:
ތަވަޔަށް ބަޓަރ ކޮޅު އަޅައި ހޫނުކޮށްލާށެވެ. ފިޔާކޮޅާއި ލޮނުމެދު ކޮޅު އަޅާ ރަނގަލަށް މިލުވާލާށެވެ. ފިޔާކޮޅު މިލުމުން ބެލްޕެޕަރ ގިތެޔޮ މިރުސް ގާލިކް ޕައުޑަރ ލޮނު އަދި ޗިލީ ފްލޭކްސް އަޅާ އެއްކޮށްލާށެވެ. ދެ މިނެޓް ބަހައްޓާލުމަށްފަހު ކުކުޅު އަޅާލާށެވެ. އަދި އިތުރަށް ދެ މިނެޓް ކައްކާލުމަށްފަހު އުނދުން ނިވާލާށެވެ. އެއްކުރި އެތިކޮޅު އެހެންތައްޓަކަށް އަޅައި އޭގެތެރެއަށް ކައްކާފައި ހުރި އަލުވި ކޮޅު އަޅާލާށެވެ. ކޮރިއަންޑާ ފަތްކޮޅާއި ފާރޮށި ކުނޑިކޮޅު އެއްކޮށްލާށެވެ. ފުއްގަނޑަކަށް ވަންދެން ރަނގަޅަށް މޮށެލާށެވެ. ކަޓްލަސް ބައްޓަމަށް ގުޅަ ވަށާލާށެވެ. ކަޓްލަސްތަކުގައި އެގްވޮޝް ހާކާލާށެވެ. އެއަށްފަހު ކަޓުލަސްތަކުގައި ފާރޮށި ކުނޑި ރަނގަޅަށް ހާކާލާށެވެ. މަޑުގިނީގައި މިނެޓެއް ނޫނީ ދެ މިނެޓް ވަންދެން ތެލުލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ