- Advertisement -ad image

ހިރާސް ބަދިގެ: ވާމިސިލީ މިލްކް ކޭކް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ވާމިސިލީ މިލްކް ކޭކް
ބޭނުންވާ ތަކެތި:
ކޭކް ހެދުމަށް:
5 ބިސް (ބިހުގެ ގޮބަޅި އަދި ހުދުބައި ވަކިކޮށްލާފައި)
4/3 ޖޯޑް ހަކުރު އަދި 5/1 ޖޯޑް ހަކުރު
ވެނީލާ އެސެންސް ކޮޅެއް
3/1 ޖޯޑް ކިރު
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1 ޖޯޑް ފުށް
2/1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
ކެރަމަލްކޮޅު ހެދުމަށް:
2/1 ޖޯޑް ވަރމިސިލީ
1 މޭޒުމަތީ ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ ބަޓަރ

1 ޖޯޑް ކިރު
3 މޭޒުމަތީ ސަމުސާ ގެރިކިރު

ހަދާނެގޮތް:
ތައްޓަކަށް ބިހުގެ ގޮބަޅިތައް ވަކިން އަޅާލާށެވެ. ހަކުރާ ވެނީލާ އެސެންސް އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި ޑަބަލް ވަންދެން މިކްސްކޮށްލާށެވެ. ދެން ކިރި އެޅުމަށްފަހު އެއް ސިކުންތު ވަންދެން އަނެއްކާވެސް މިކުސްކޮށްލާށެވެ. އެންމެފަހުން ފުށާއި ބޭކިންގ ޕައުޑަރ ކޮޅު އަޅާ އެއްކޮށްލާށެވެ. އެހެންތައްޓަކަށް ބިހުގެ ހުދުބައި އަދި ކުޑަ ލުނބޯހުތްކޮޅެއް އެޅުމަށްފަހު ވިސްކްކޮށްލާށެވެ. 4/1 ޖޯޑް ހަކުރު މަޑު މަޑުން އަޅަމުން ބިހުގެ ހުދުބައި ހަރުވަންދެން ގަށާލާށެވެ. އެއަށްފަހު ބިހުގެ ގޮބަޅި އަދި ހުދުބައި މަޑު މަޑުން އެއްކުރަމުންދާށެވެ. (ވިސްނަންޖެހޭ ކަމަކީ މާގަދައަށް ގަށާލާފިނަމަ ހަލާކުވާނެ ކަމެވެ.)
އެއްކުރި ބައި ބޭކިން ޕޭޕަރ އަޅާފައިވާ ޓްރޭއަކަށް އަޅާލާށެވެ. އެއަށްފަހު ތަވައަކަށް ބަޓަރކޮޅާއި ހަކުރު އަދި ކްރަޝްޑް ވާމިސިލީކޮޅު އަޅާލާ ރަންކުލަ އަރަންދެން ކައްކާލާށެވެ. އުނދުންމަތިން ނެގުމަށްފަހު ކުރިން ހެދި ޓްރޭމައްޗަށް އޭތިކޮޅު އަޅާލުމަށްފަހު އަވަނުގައި 150 ޑިގްރީއަށް 25 އާއި 30 މިނެޓާއި ދޭތެރޭ ފިހެލާށެވެ.
ކިރު އަދި ގެރިކިރު މިކްސްކޮށްލުމަށްފަހު އެއްފަރާތުގައި ބަހައްޓާލާށެވެ. ކޭކު ފިހެވުމުން ޓޫތު ޕިކުން ވިދުއަޅާލާށެވެ. އަދި އެއަށްފަހު ތައްޔާރު ކުރި މިލްކް ކޮޅު އޭގެ މައްޗަށް އަޅާލާށެވެ. ހިހޫ ކުރަން 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ފްރިޖުގައި 30 މިނެޓް ވަންދެން ބަހައްޓާލާށެވެ. ތިޔަ ހުރީ ކޭކު ތައްޔާރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ