- Advertisement -ad image

ހިރާސް ބަދިގެ: ޑޯނަޓް ބޯލްސް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޑޯނަޓް ބޯލްސް
ބޭނުންވާ ތަކެތި:
1 ޖޯޑް ތާފަނާ ކިރު
6 ސައިސަމުސާ ހަކުރު
1 ½ ސައިސަމުސާ ޔީސްޓް (އެއްކޮށްލާފައި އެއްފަރާތެއްގައި 10 މިނެޓް ވަންދެން ބަހައްޓާލާ)
އިތުރަށް އެއް ކުރުމަށް
1 ސައިސަމުސާ ވެނީލާ އެސެންސް
1 ބިސް
2 ޖޯޑް ފުށް (ފުށްގަނޑު މާ ދިޔާނަމަ އިތުރަށް ¼ ޖޯޑް ފުށް ބޭނުންވާނެ)
2 ސައިސަމުސާ ބަޓަރ (މެލްޓްކޮށްލާފައި ހުރި)
ހަދާނެގޮތް:
ތައްޓަކަށް ތާފަނާ ކިރުކޮޅު ހަކުރު އަދި ޔީސްޓް އެޅުމަށްފަހު މަތިޖަހާފައު 15 މިނެޓްވަންދެން ބަހައްޓާލާށެވެ. 15 މިނެޓް ވުމުން އެއިގެ ތެރެއަށް ބިސް ބަޓަރ އަދި ވެނީލާ އެސެންސް ކޮޅު އަޅާލާށެވެ. ފުށްކޮޅު އަޅާލުމަށްފަހު ސަމުސަލަކުން އެއްކޮށްލާށެވެ. އަދި ފުށްމޮޑޭހެން 3 މިނެޓާއި 5 މިނެޓާއި ދެމެދު ވަންދެން ރީތިކޮށް މޮޑެލާށެވެ. މަތިޖަހާލުމަށްފަހު 1 ގަޑި އިރުވަންދެން ފުށް ގަނޑު ފުފެން ބައިންދާލާށެވެ. ފުށްގަނޑު ފުފުމުން ފުށްގަނޑުގެ އެއްބައި ނަގާ ކުޑަކޮށް މޮޑެލުމަށްފަހު ވަށްކޮށް ގުޅަ ޖަހާލާ ބައި އިންޗި ބޯ މިނުގައި ދަމާލާށެވެ. އަދި އެއަށްފަހު ކުކީ ކަޓަރއެއް ނުވަތަ ބޮޑު ނޮޒުލް އެއް ބޭނުންކޮށްގެން ވަށްކޮށް ކަފާލާށެވެ. ވަށްކޮށް ކަފާލުމަށްފަހު 5 މިނެޓް ވަންދެން މަތިޖަހާފައި ބަހައްޓާށެވެ. ފަސް މިނެޓް ވުމުން ނަގާ މަޑު ގިނީގައި ރަންކުލަ އަރަންދެން ތެލުލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ