ރެސިޕީ: އައިމިނަތު ދީމާ ހާމިދު
ލަންޗިއޮންމީޓް ބާގަރ
ބޭނުންވާ ތަކެތި:
ބާރގާ ބަންސް
ޓޮމާޓޯ
ފިޔާ
ފޮތި ޗީސް
މަޔޮނައިސް
ލަންޗިއޮން މީޓް
ކުޅި ސަބްމެރިން ސޯސް ( މުގުރި މިރުސް އަދި ޗިލީ ސޯސް ނޯރމަލް ސަބްމެރިން ސޯސް އާއި އެއްކޮށްލާފައި)
ބިސް އަދި ޕާން ކުނޑި ( މީޓް ސްލައިސް ކޮޅުގައި އުނގުޅާލުމަށް)
ހަދާނެ ގޮތް:
ލަންޗިއޮން މީޓް ކޮޅުގައި ބިސްކޮޅު އުނގުޅާލާފައި ޕާން ކުނޑި ކޮޅު ހާކާލުމަށްފަހު މަޑުގިނި މަތީގައި ބަހައްޓާގެން ކުޑަ ތެޔޮކޮޅެއްގައި ރަންކުލަ އަރަންދެން ތެލުލާށެވެ. ބާރގަރ ބަން މެދުން ފަޅާލުމަށްފަހު ސަބުމެރިން ސޯސް ދެ ފަޅީގައި ހާކާލާށެވެ. އެ ބޭފުޅަކު ބޭނުންވާގޮތަށް ބާރގަރ ސެޓްކޮށްލާށެވެ. އަހަރެން އެންމެ ފުރަތަމަ ލެޓިއުސް، ޓޮމާޓޯ، ލަންޗިއޮން މީޓުކޮޅު، ފިޔާ، މަޔޮނައިސް އަދި ޗީސްކޮޅު މައްޗަށްލަނީއެވެ. އޭރުން ބާރގާ ހަދާ ނިމުނީއެވެ.